Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރާނބާ ސްވިސް ރޯލް ބަދިގެ

ޒީޓައިމްސް ބަދިގެ: ރާނބާ ސްވިސް ރޯލް

ބޭނުންވާ ތަކެތި:
18 ބިސް
500ގ. ހަކުރު
125ގ. ފުށް
125ގ. ކޯންފްލާރ

½ ޖޯޑު ރާނބާ ސިރަޕް
ފެހިކުލަކޮޅެއް

ތައްޔާރުކުރާނެ ގޮތް:
ހަކުރާއި ބިސް، ފޮނު އަރަންދެން ރަނގަޅަށް ގިރާލާށެވެ.
ދެވައްތަރު ފުށް އެއްކޮށްލާށެވެ.
ރާނބާ ސިރަޕާއި ކުލަކޮޅުވެސް އެއްކޮށްލާށެވެ.
ޓްރޭގައި 'ބޭކިންގ ޝީޓް' އަޅާފައި ތުނިކޮށް ފަތުރާލާށެވެ.
އަވަންގެ ހޫނުމިން 180 ޑިގްރީގައި 6 މިނިޓް ވަރު ފިހެލާށެވެ.
ކޭކް ފިހެވުމުން ނަގާފައި ކޭކް ހިހޫވުމުން ޓްރޭގައި ބޭކިންގ ޝީޓެއް ބާއްވާފައި މައްޗަށް ކުޑަ ހަކުރުކޮޅެއް ބުރުވާލާށެވެ.
އޭގެ މަތީގައި ކޭކް ބާއްވާށެވެ. އަނެއް ފުށަށް ކޭކް ޖަހާފައި އެފަރާތުގައި ރާނބާ ބަޓަރ ކްރީމް ހާކާލާށެވެ. ނުވަތަ ބަޓަރ ކްރީމް ކޮޅެއް ހާކާފައި ރޯލެއް ގޮތަށް ކޭކް އޮޅާފައި ފޮތި ފޮތި ކޮށްލާށެވެ.
ސްވިސް ރޯލް ވެސް ވަރަށްގިނަ ގޮތްގޮތަށް ތައްޔާރު ކުރެއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —