Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ކުކުޅުމަސް ތައްޔާރުކުރެވިދާނެ ވަރަށް މީރު ގޮތެއް! ބަދިގެ

ޒީޓައިމްސް ބަދިގެ: ކުކުޅުމަސް ތައްޔާރުކުރެވިދާނެ ވަރަށް މީރު ގޮތެއް!

1 ކިލޯގެ ކުކުޅެއް

2 މޭޒުމަތީ ސަމުސާ ބަޓަރ

ލޮނު

Article - in content
Advertisement

1 ސައިސަމުސާ އަސޭމިރުސް

1 ސައިސަމުސާ ތެޅިމިރުސް

4 މޭޒުމަތީ ސަމުސާ ޓޮމާޓޯސޯސް

2 މޭޒުމަތީ ސަމުސާ ލުނބޯހުތް

3 ލޮނުމެދު

2 މޭޒުމަތީ ސަމުސާ މާމުއި

1 މޭޒުމަތީ ސަމުސާ މަސްޓަރޑް ކްރީމް

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ސާފުކުރުމަށްފަހު ކޮށާލާށެވެ. އެއަށްފަހު ރަނގަޅަށް ދޮވެލާށެވެ.

އުނދުން ރޯކުރުމަށްފަހު ތަވާއަށް ބަޓަރ އަޅާށެވެ. ބަޓަރކޮޅު ހޫނުވުމުން ކުކުޅުމަސް އަޅާށެވެ. މަޑުގިނީގައި ބަހައްޓައިގެން ރޯފިލަންދެން (ތަވާގައި މަތި ނުޖަހާ) ކައްކާށެވެ. އެއަށްފަހު ރަހަލާވަރަށް ލޮނު، އަސޭމިރުސް، ތެޅިމިރުސް އަޅާފަ ކުކުޅުމަސްކޮޅު ރަތްކުލަ އަރަންދެން ކައްކާށެވެ.

ޓޮމާޓޯސޯސް، ލުނބޯހުތް، ގާނާފަހުރި ލޮނުމެދު، މާމުއި، މަސްޓަރޑް މިބާވަތްތައް އެއްކޮށްލާށެވެ. އެއަށްފަހު ކައްކަމުންދިޔަ ކުކުޅުމަހުގެ ތެރެއަށް އަޅާފަ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހައިގެން 15 މިނިޓް ކައްކާށެވެ. މިގޮތަށް ކުކުޅު ތައްޔާރުކޮށްގެން ރޮށި އަދި ފަރާޓާއާއިއެކު ކާންވެސް ވަރަށް މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —