Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ސައިބޯން ބަނަސް ތައްޔާރު ކުރެވިދާނެ މީރު ގޮތެއް! ބަދިގެ

ޒީޓައިމްސް ބަދިގެ: ސައިބޯން ބަނަސް ތައްޔާރު ކުރެވިދާނެ މީރު ގޮތެއް!

ބޭނުންވާތަކެތި:

½ ޖޯޑު ކިރު

3 މޭޒުމަތީ ސަމުސާ ހަކުރު

Article - in content
Advertisement

2 މޭޒުމަތީ ސަމުސާ ޔީސްޓް

2 ޖޯޑު ފުށް

1/2 ސައިސަމުސާ ލޮނު 

1 ބިސް

3 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ކިރު، ހަކުރު، ޔީސްޓް އެއްކޮށްފަ ރަނގަޅަށް ގިރާށެވެ. ތަށީގައި މަތި ޖެހުމަށްފަހު 10 މިނިޓަށް ބަހައްޓާށެވެ. އެއަށްފަހު 2 ޖޯޑު ފުށް ތައްޓަކަށް އެޅުމަށްފަހު ކުޑަ ލޮނުކޮޅަކާއި ބިސް އަޅާށެވެ. އަދި ކުރިން އެއްކޮށްފަ ބެހެއްޓި ބާވަތްތަކުގެ (ކިރު، ހަކުރު، ޔީސްޓް) އިތުރަށް ތެޔޮ އަޅާފަ ވަރަށް ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ފުށްގުޅަ ތައްޓަކަށް އެޅުމަށްފަހު އެ ފުށްގުޅައިގެ މަތީގައި އޮއިލް ހާކާފަ މަތިޖެހުމަށްފަހު އެއްގަޑިއިރު ބަހައްޓާށެވެ.

އެއްގަޑިއިރު ވުމުން ފުށްގުޅަ ނެގުމަށްފަހު ކުޑަފުށްކޮޅެއް އަޅާފަ އަނެއްކާވެސް މޮޑެލާށެވެ. އެއަށްފަހު 6 ގުޅައަށް ވާގޮތަށް ފުށް ބައިކޮށްލާށެވެ.

ތެއްޔެއްގެ ތެރޭގައި ފުށްގުޅަތައް މަލެއްގެ ގޮތަށް އަތުރާށެވެ. އަދި މަތިޖެހުމަށްފަހު 10 މިނިޓް ބަހައްޓާށެވެ. އުނދުން ރޯކުރުމަށްފަހު 5 ވަރަކަށް މިނިޓް ތަވާ ހޫނުކޮށްލާށެވެ. އެއަށްފަހު އެ ތަވާގެ މަތީގައި ފުށްގުޅަ އަޅާފަ ހުރި ތެލި ބަހައްޓައިގެން 20 ވަރަކަށް މިނިޓަށް މަޑުގިނީގައި ފިހެލާށެވެ. ތެލީގެ މަތިން ވައި ނުހިނގާގޮތަށް ބަންދުކޮށްފައި ބަހައްޓަން ވާނެއެވެ. އެއްފުށް ފިހެވުމުން އަނެއްފުށަށް ޖެހުމަށްފަހު ނުފިހެވި ހުރި ބައި 7 ވަރަކަށް މިނިޓް ފިހެލާށެވެ.

މިގޮތަށް ބަނަސް ތައްޔާރު ކުރުމުން ވަރަށް މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —