Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ކޯންފްލަރ ގިތެޔޮ ބޯކިބާ ބަދިގެ

ޒީޓައިމްސް ބަދިގެ: ކޯންފްލަރ ގިތެޔޮ ބޯކިބާ

ބޭނުންވާތަކެތި:
2 ޖޯޑު ކޯންފްލަރ
2 ޖޯޑު ހަކުރު
2 އިންޗި ފޮނިތޮށި
6 ކާފޫރުތޮޅި
2 ޖޯޑުކިރު (ކާށި ބޯކިރު)
2 ފިޔާ (ކޮށާފައި)
5 އިންޗި ރާނބާފަތް (ބުރިބުރިކޮށްފައި)
2 މޭޒުމަތީ ސަމުސާ ގިތެޔޮ
1/2 ޖޯޑު ކަނަމަދު (ސާފުކޮށް 2-3 ބުރިކޮށްފައިހުރި)
1 ޖޯޑު މާފެން
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ރާނބާފަތްކޮޅާއި 3 ޖޯޑުފެން އެއްކޮށްގެން ތެއްޔަކަށް އަޅާފައި ކައްކާލާށެވެ. ރާނބާފަތުގެ ރަހަ ނުކުންނަވަރަށް ކެކުނީމަ އުނދުންމަތިން ބާލާފައި ބަހައްޓާށެވެ.

ފޮނިތޮއްޓާއި ކާފޫރުތޮޅި ދެބައި އެއްކޮށް ހިމުންކޮށް ފުނޑާލާފައި ބަހައްޓާށެވެ.

ގިތެޔޮކޮޅުގައި ފިޔާ ރަތްކޮށްފައި ބަހައްޓާށެވެ. ދެން ކިރާއި ފުށް، ½ ޖޯޑު މާފެން، ހަކުރު އަދި ރާނބާފަތު ފެން، ފޮނިތޮށި ކާފޫރުތޮޅި ތެއްޔަކަށް އަޅާފައި ގިރާފަ އުނދުންމައްޗަށް އުދާލުމަށްފަހު މަޑުގިނީގައި ދޭފަތުން އެއްކުރަމުން ކައްކާށެވެ. ހަރުވާން ފެށުމުން ރަތްކުރި ފިޔާކޮޅުގެ ދެބައިކުޅައެއްބައި އެއްކޮށް އަޅާށެވެ.

Article - in content
Advertisement

ފުށް ރޯފިލުމުން އުނދުންމަތިން ބާލާފައި ޓްރޭއެއްގައި ތެޔޮ ހާކާފައި ކެއްކި ފުށްގަނޑު ޓްރޭއަށް އަޅާށެވެ. ފުށްގަނޑުގެ މައްޗަށް ބާކީހުރި ފިޔާކޮޅާއި ކަނަމަދު އަޅާފަ މަޑު މުށިކުލައެއް އަރަންދެން ފިހެލާށެވެ.

ގިތެޔޮ ބޯކިބާވެސް ތަފާތު ގޮތްގޮތަށް ތައްޔާރުކުރެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —