Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރަހަމީރު މާރީބިސްކޯދު ޕުޑިންގ ބަދިގެ

ޒީޓައިމްސް ބަދިގެ: ރަހަމީރު މާރީބިސްކޯދު ޕުޑިންގ

ބޭނުންވާތަކެތި:

200ގ މާރީބިސްކޯދު

6 ބިސް

Article - in content
Advertisement

1 ލިޓަރ ފުލްކްރީމް މިލްކް

3 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

½ 1 ޖޯޑު ހަކުރު

½ ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

މާރީބިސްކޯދު، ބިސް، ފުލްކްރީމް މިލްކް، އެސެންސް، ހަކުރު މިބާވަތްތައް މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ހިމުންވަންދެން ގިރާލާށެވެ.

އުނދުން ރޯކުރުމަށްފަހު ތަވާ އުދާށެވެ. ހޫނުވުމުން ތަވާއަށް 4 ސަމުސާ ހަކުރު އެޅުމަށްފަހު، ހަކުރު ރަނގަޅަށް ރަތްވެ ދިޔާވުމުން އޭގެތެރެއަށް ފެން އަޅާފާ އިރުކޮޅެއްވަންދެން ކައްކާށެވެ. ކެރަމަލްކުރި ހަކުރުކޮޅު ޓްރޭގައި ހާކާށެވެ. އަދި ކުރިން ގިރާފަހުރި ތަކެތި އަޅާށެވެ. ފޮއިލްއިން ޓްރޭގެ މަތި ބަންދުކޮށްލާށެވެ.

ތަވާއަށް ފެން އެޅުމަށްފަހު ތަވާގެތެރޭގައި ޓްރޭ ބަހައްޓާފަ ތަވާގެ މަތި ޖަހާށެވެ. މަޑުގިނީގައި 30 މިނިޓް ކައްކާށެވެ. އެއިރުން ހުންނާނީ މާރީބިސްކޯދު ޕުޑިންގ ތައްޔާރު ކުރެވިފައެވެ. ޓްރޭ ކުޑަކޮށް ފިނިވުމުން ފުށުން ޖަހާށެވެ. އާންމުކޮށް ކާން ބޭނުންކުރާ ޕުޑިންގ އާއި ވައްތަރުވާނެއެވެ. ރަހަ ވެސް އެހާ މީރު ވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —