ކ. ކާށިދޫ ގައި ދަނީ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ގެސްޓްހައުސްތައް ހިންގަމުންނެވެ. 'ސަންވިއު ރެސިޑެންސް' އަކީ މޫދު ފެންނަގޮތަށް މޫދާއި ކައިރި ހިސާބެއްގައި ހުންނަ ގެސްޓްހައުސްއެކެވެ.

ސާފުތާހިރު، ސައިޒުގެ ގޮތުން ބޮޑު ކޮޓަރިތަކެއް ހުރި މި ގެސްޓްހައުސް އިން ދުވާލަކަށް ކޮޓަރި ކުލި އުޅެނީ 500 ރުފިޔާ އަށެވެ. ސަންވިއު ރެސިޑެންސްގެ އިމާރާތުގެ އެންމެ މަތީގައި ރެސްޓޯރެންޓެއް ހުންނައިރު ތަފާތު މީރު ކެއުންތަކެއް މާލެއަށްވުރެ އަގުހެޔޮކޮށް މިތަނުން ލިބެން ހުރެއެވެ.

ހެނދުނުގެ ސަޔަށްވެސް ދިވެހި އަދި ބޭރުމީހުންނަށް ޚާއްސަ ބުފޭގެ ޚިދުމަތް ލިބެން ހުރިއިރު ރެސްޓޯރެންޓްގެ އެންމެ ހިތްގައިމު ކަމަކީ ވަށައިގެން ފެންނަން ހުރި ގުދުރަތީ ރީތިކަމެވެ. ބިޔަ ރުއްތަކާއި މޫދާއި އުޑު ފެންނަން ހުރިއިރު މިއީ ޗުއްޓީ ހޭދަކޮށްލެވިދާނެ ގެސްޓްހައުސް އެކެވެ.
ލިބެންހުރި ޚިދުމަތްތައް:
ސަންވިއު ރެސިޑެންސްގައި ޗުއްޓީ ހޭދަކުރާ މީހުން ބޭނުންވެއްޖެނަމަ ގޮނޑުދޮށުގައި ޚާއްސަ ކެއުމަކާއެކު ބާބަކިއު ތައްޔާރުކޮށްދެއެވެ. އަދި މަސްދަތުރާއި 'ސްނޯކްލިންގ' އިންތިޒާމް ހަމަޖައްސައިދޭ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

" ކާށިދޫ ކައިރީގައި އޮންނާނެ ވެލިގަނޑު ކިޔާ ގަސްހެދިފަ ކުޑަރަށެއްގެ ގޮތަށް އޮންނަ ސަރަހައްދެއް. ސޭންޑް ބޭންކް ދަތުރު މި ވެލިގަނޑަށް ދިއުމަށް އަޅުގަނޑުމެން ހަމަޖައްސައިދެން. އަދި ޑޯލްފިން ބަލާލަން ދިއުމުގެ އިތުރަށް ރަށް ބަލާލުމުގެ އިންތިޒާމް ހަމަޖައްސައިދެން." ސަންވިއު ރެސިޑެންސް އިން މައުލޫމާތު ދިނެވެ.

މި ގެސްޓްހައުސް އިން ޚިދުމަތް ހޯދާއިރު ވައިފައި މެދުވެރިކޮށް ހިލޭ އިންޓަނެޓް ލިބެން ހުރިއިރު ސެޓެލައިޓް ޓީވީ އަދި ހޫނު ފެނުން ފެންވަރާލުމުގެ އިންތިޒާމް ކޮންމެ ކޮޓަރިއެއްގައި ވެސް ހުރެއެވެ.
ކާށިދޫ އަކީ ދަނޑުވެރިކަމުގައިވެސް މަޝްހޫރު ރަށަކަށް ވުމުން ދަނޑުތައް ބަލާލާ ތަފާތު ހިތްގައިމު ޗުއްޓީއެއް ހޭދަކޮށްލަން މިއީ ރަނގަޅު ރަށެކެވެ. މާލެއިން ދޮޅުގަޑިއިރުން ލޯންޗުގައި މިރަށަށް ދެވެއެވެ.

ސަންވިއު ރެސިޑެންސް އިންސްޓަގްރާމް ޕޭޖް sunviewresidence
ވެބްސައިޓް: www.sunviewresidence.com
ފޯން ނަންބަރ: 7759779