Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ކަދުރު އަދި ޗޮކްލެޓް ކޭކް ބަދިގެ

ޒީޓައިމްސް ބަދިގެ: ކަދުރު އަދި ޗޮކްލެޓް ކޭކް

ބޭނުންވާތަކެތި:
1 ކިލޯ ކަދުރު އޮށްނަގާފައި
2 ސައިސަމުސާ ބޭކިންގ ޕައުޑަރ
8 ބިސް
340ގ ބަޓަރ
3 ސައިސަމުސާ އާމަންޑް އެސެންސް
2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
1 ޖޯޑު ކޮށާފައި ހުރި ކަޖޫނަޓް
1 ސައިސަމުސާ ބައިކަރބޮނޭޓް ސޮޑާ
340ގ ފުށް
3 ސައިސަމުސާ ރޯޒް އެސެންސް
1 ޗޮކްލެޓް ކެޑްބަރީ (400 ގ) 
2 ޖޯޑު ހަކުރު
1 ޖޯޑުބައި ފެން

ތައްޔާރުކުރާނެ ގޮތް: ކަދުރު ހިމުންކޮށް ކޮށާފައި މައްޗަށް ފެން ވިއްސާފައި ބައިކަރބޮނޭޓް ސޮޑާ އަޅާފައި އެއްރޭ ވަންދެން ބަހައްޓާށެވެ. ބަޓަރާއި ހަކުރު އެއްކޮށް ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ. ފަހަރަކު ބިހެއް އެބަޔާއި އެއްކޮށްލާށެވެ. ކަދުރާއި އެސެންސްވެސް އެއާއި އެއްކޮށްލާށެވެ. ބޭކިންގ ޕައުޑަރާއި ފުށް އެއްކޮށް ފުރާނާލާފައި އެވެސް ކުރީގެ ބަޔާއި އެއްކޮށްލާށެވެ. ކަޖޫނަޓްކޮޅު ވެސް އެއްކޮށްލާށެވެ. ޓްރޭގައި ބަޓަރުކޮޅެއް ހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާލާށެވެ. އަވަނުގައި ފިހެލާށެވެ. ކޭކް ހިހޫވުމުން މެދުން ދެފަޅިއަށްވާގޮތަށް 2 ބައި ކަފާލާފައި ޗޮކްލެޓް ދިޔާކޮށްފައި ފަތުރާލާށެވެ. ކޭކްގެ އަނެއްބައި މަތީގައި ތަތްކޮށްލާށެވެ. މައްޗަށް އައިސިންގ ޝުގަރކޮޅެއް ބުރުވާލާފައި ނަޓްސްކޮޅެއް ބުރުލާވާށެވެ. މި ކޭކް ފިހެވޭއިރު ހުންނާނީ މުށިކުލައެއްގައެވެ. ވަރަށް މީރު ވާނެއެވެ. 
Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —