Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރޯގާޖެހި ބަލިވެ އުޅޭއިރު ބޯން ރަނގަޅު ޖޫހެއް ބަދިގެ

ޒީޓައިމްސް ބަދިގެ: ރޯގާޖެހި ބަލިވެ އުޅޭއިރު ބޯން ރަނގަޅު ޖޫހެއް

ކެރެޓަކީ ފައިދާހުރި ރަހަމީރު ތަރުކާރީއެކެވެ. ފޮނިރަހަދޭ ކެރެޓަކީ ޖޫސް ތައްޔާރުކުރުމަށް ވަރަށް ރަނގަޅު ބާވަތެކެވެ. ކެރެޓް ކެއުމުގައި ބޭނުންކުރުމުން ބަނޑުހަރުވުމާއި ދުރުވެ، ކޮލެސްޓްރޯލް ދަށްވުމަށް އެހީތެރިވެ ލޮލަށް ފައިދާކުރެއެވެ. އަދި އޮރެންޖް ކެއުމުގައި ބޭނުންކުރުމުން ވިޓަމިންގެ އިތުރަށް ހަށިގަނޑަށް ތާޒާކަން ލިބެއެވެ. އިނގުރަކީ ރޯގާ ރަނގަޅުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ.

ބޭނުންވާތަކެތި:

4 ކެރެޓް

Article - in content
Advertisement

3 އޮރެންޖް

1/2 ޖޯޑު ފެން

1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައިހުރި)

ތައްޔާރުކުރާނެ ގޮތް:

ކެރެޓް އަދި އޮރެންޖް މަށާލާށެވެ. އެއަށްފަހު ކެރެޓް އަދި އޮރެންޖާއި އިނގުރު އެއްކުރުމަށްފަހު ހިމުންކޮށްލާށެވެ. ފެން އެޅުމަށްފަހު ރަނގަޅަށް ގިރާލުމަށްފަހު ފުރާނާލާށެވެ. މިއީ ރޯގާޖެހި ބަލިވެ އުޅޭއިރު ބޯން ވަރަށް ރަނގަޅު ފައިދާހުރި ޖޫހެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —