ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ދޭ ރެހެންދި އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. އުމަރު ޒާހިރު އޮފީސް ޢިމާރާތުގައި މާރޗް 20 ވަނަ ދުވަހު ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑް ހާސިލުކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މި ހަފްލާގައި އެވޯޑް ލިބުނު ފަރާތްތަކަށް ބުރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު އެވެ.
މި ހަފްލާގައި 4 ދާއިރާއަކުން 7 ފަރާތަކަށް ވަނީ ރެހެންދި އެވޯޑް ދީފައެވެ.
ލީޑަރޝިޕް އަދި ގަވަރނަންސްގެ ކެޓަގަރީ އިން އެވޯޑް ހާސިލްކޮށްފައިވަނީ ރުޤިއްޔާ އިބްރާހިމް މ.ނަލަރީތިގެ، ކ.މާލެ
އިޖްތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން 4 ފަރާތަކަށް ވަނީ ރެހެންދި އެވޯޑް ދީފައެވެ. މި އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި:
ހުސްނާ ފަހުމީ މ.އަފްޒާ
އައިމިނަތު އިބްރާހިމް ހުޅުމާލެ ހިޔާ ފްލެޓް H-11-16-12
ޒީނާ ޒާހިރު، އަތިރީގެ ގދ. ގައްދޫ (ޒީނާ ޒާހިރަކީ ޒީޓައިމްސްގެ ފައުންޑަރ އަދި ޗީފްއެޑިޓަރ އެވެ.)
ރަޝީދާ އިބްރާހިމް ރިޔާ/ސ.މީދޫ
އަންހެނުން އާއްމުކޮށް ކޮށް ނޫޅޭ މަސައްކަތްތައް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލް ކެޓަގަރީ އިން އެވޯޑް ލިބިފައި ވަނީ ޢާއިޝަތު ޝިމާނީ، ހ. ތިޔަރަފަތް އަށެވެ. މީގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ–ވަޒީފާދޭ މުއައްސަސާ އަކަށް ހޮވިފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ.