ބޭނުންވާތަކެތި:
1 ޖޯޑުބައި ފުށް
2 ބިސް
Advertisement
2 މޭޒުމަތީ ސަމުސާ ހަކުރު
½ ޖޯޑު ގެރިކިރު (ކުޑަޖޯޑެއްގެ)
1 ސައިސަމުސާބައި ބޭކިންގ ޕައުޑަރ
1 ޖޯޑު ކަށިކެޔޮ ( ފުނޑާ ނަރު ފުރާނާފައި ހުރި)
½ ޖޯޑު ދިޔާމިލްކް
1 ޖޯޑު ފެން (ކުޑަޖޯޑެއްގެ)
ވަރަށް ކުޑަ އޮރެންޖް ކުލަކޮޅެއް (ކުލަ ރީތިކުރުމަށް)
ތައްޔާރުކުރާނެ ގޮތް:
ފުށާއި، ކިރު، ހަކުރު، ފެން އެއްކޮށްފައި، ބިސް، ކަށިކެޔޮވެސް އެއްކޮށްފައި ރަނގަޅަށް ގިރާފަ ބޭކިންގ ޕައުޑަރ އަދި ކުލަކޮޅެއްވެސް އަޅާފަ އެއްކޮށްލާށެވެ. ތަވާގައި ތެޔޮފޮދެއް ހޭކުމަށްފަހު ރީތި ސައިޒަކަށް ފޮޅިއަޅާ ފިހެލާށެވެ.










