Advertisement
header ad
XeeTimesXeeTimes
މުދާ ހަލާކުވަންދެން ބަހައްޓައި އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ނުބައިކަމެއް- ހުކުރު ޚުތުބާ ދީން

މުދާ ހަލާކުވަންދެން ބަހައްޓައި އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ނުބައިކަމެއް- ހުކުރު ޚުތުބާ

ރަމަޟާން މަހަކީ، ސަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެވެ. ހެޔޮކަމާއި ދަރުމައިގެ ފޯވައްސެވެ. ނަމަވެސް ބައެއް މުސްލިމުންގެ ތެރޭގައި އެމަސް ވެފައި ވަނީ، ކާބޯތަކެތީން އިސްރާފުކުރުން ގިނަ މަހަކަށެވެ. ގިނަ ބާވަތުގެ ކާބޯތަކެތި ތައްޔާރުކޮށް އުކާލާ މަހަކަށެވެ. އިސްރާފުކުރުމަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ރުހިވޮޑިގެންވާ ޢަމަލެއް ނޫންކަމުގައި ވިޔަސް މިއަދު އިންސާނުންނާ ކުރިމަތިވެފައިވާ އިޖްތިމާޢީ ބަލިތަކުގެ ތެރޭގައި އިސްރާފުކުރުން ހިމެނެއެވެ. މިކަން ބޮޑަށް ގުޅިފައިވަނީ ތަނަވަސްކަމާއެވެ. ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ، އިސްރާފުކުރުމުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެއެވެ.

ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްޤު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީ އިސްރާފު ކުރުމެވެ. ދެވަނަފަހަރަށް ބޭނުންކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލައި އެތަކެތި ބޭނުންކުރުމަށް އިސްލާމް ދީން ބާރު އަޅައެވެ. އެތަކެއްޗަކީ ﷲ ގެ ނިޢުމަތްތަކެވެ. މިތަކެތި އުކާލުމަކީ ނިޢުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުމެވެ.

" ހަމައެކަނި މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 2 ޓަނަށް ވުރެ ގިނަ ކާބޯތަކެތި ކުނީގެ ގޮތުގައި އުކާލެވޭ. ރޯދަމަހު މިއަށްވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް. ހަމައެފަދައިން މުދާ ހަލާކުވަންދެން ބަހައްޓައި އެތަކެތި އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ވެސް ނުބައިކަމެއް".

Article - in content
Advertisement

އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެކެވެ. އެއީ އެކަމުގެ ގެއްލުން ސިއްޙީ ގޮތުންނާއި މާލީ ގޮތުން ފަރުދުންނާއި މުޖުތަމަޢަށް ފޯރާނެ ކަމެކެވެ. ﷲ ދެއްވި ނިޢުމަތްތަކުން އިސްރާފު ކުރުމަކީ އެކަލާނގެ ރުހިވޮޑިގެންވާ ކަމެއް ނޫނެވެ. އަހަރެމެންގެ އުމުރާއި ވަގުތު ބޭނުންކުރަންވާނީ، ﷲ ސުބުހާނަހޫ ވަތަޢާލާ ރުއްސަވާ ގޮތުގައެވެ. ނޫންނަމަ ޤިޔާމަތް ދުވަހުން އަހަރެމެންނާ ސުވާލުކުރެވޭނެ އެވެ.

ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްރާފު ކުރުމެވެ. އެއީ އިސްލާމް ދީނުގައި ހިމެނޭ ކަމެއް ނޫނެވެ. މުސްލިމުންގެ ގޮތަކީ، ޙައްޤު ގޮތުގައި މުދާ އެއްކޮށް ބޭނުންތެރި ކަންކަމަށް ހޭދަކުރުމެވެ. އިސްރާފު ކުރަނީ ހަމައެކަނި މުއްސަނދިންނެއް ނޫނެވެ. އަތްމަތި ދަތި މީހުންވެސް ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ދަރަނި ނަގަމުންދާތަން ފެނެއެވެ. ޒަމާނާއެކު ތަނަވަސް މީހުންނާ ފައިހަމަކުރުމުގެ ބަހަނާގައެވެ. މުސްލިމުންނަކީ ލިބޭ އެއްޗަކުން ފުއްދާލައިގެން ދިރިއުޅޭ ބައެކެވެ.

މާތް ﷲ ދެއްވާފައިވާ ތަނަވަސްކަމުން އިސްރާފުކުރުމުގެ ބަދަލުގައި ދީލަތިވާށެވެ. ނިކަމެތީންނަށް ހެޔޮފޯރުވާށެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —