ބޭނުންވާތަކެތި:
1 ޖޯޑު އަންނާރުއޮށް
1 ޖޯޑު ފެން
Advertisement
2 މޭޒުމަތީސަމުސާ ހަކުރު
¼ މޭޒުމަތީސަމުސާ ލޮނު
މިންޓް ލީފް
ލުނބޯ
އައިސްކިއުބް
ތައްޔާރުކުރާނެ ގޮތް
އަންނާރު، ފެން، ހަކުރު އަދި ލޮނު މިބާވަތްތައް އެއްކުރުމަށްފަހު ހިމުންކޮށްލާށެވެ. އެއަށްފަހު ފުރާނާށެވެ. ބިއްލޫރި ތައްޓަށް ދެތިން މިންޓް ލީފް އެޅުމަށްފަހު ލުނބޯފޮތި އަދި އައިސްކިއުބް އަޅާށެވެ. އެއަށްފަހު ތައްޔާރުކުރި އަންނާރު ޖޫސް އަޅާށެވެ.
އަންނާރުޖޫހަކީ ހަށިގަނޑަށް ފައިދާހުރި ރޯދަމަހު ރޭގަނޑު ބުއިމަށް ވަރަށް ރަނގަޅު ޖޫހެކެވެ.









