Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: އޮލިވް ބަޓަރ ސޮފްޓް ނާން ބަދިގެ

ޒީޓައިމްސް ބަދިގެ: އޮލިވް ބަޓަރ ސޮފްޓް ނާން

ބޭނުންވާތަކެތި:

250ގ ފުށް

1 ސައިސަމުސާ އިންސްޓަންޓް އީސްޓް

Article - in content
Advertisement

4 ލޮނުމެދު ހިމުންކޮށް ގާނާފައި

2 މޭޒުމަތީ ސަމުސާ އޮލިވް ބަޓަރ

1 ސައިސަމުސާ ހަކުރު

2 ސައިސަމުސާ ހިކިކިރު

ތާފަނާ ފެންފޮދެއް

1/3 ސައިސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ އޮލިވްބަޓަރ (މަތީގައި ހޭކުމަށް)

ތައްޔާރުކުރާނެ ގޮތް:

ފުށްކޮޅު ތައްޓަކަށް އަޅާފައި މެދު ހާވާލާފައި އީސްޓް، ލޮނު، ބަޓަރ، ކިރު، ހަކުރު އަދި ލޮނުމެދު އަޅާށެވެ. ރަނގަޅަށް އެއްކޮށްފައި ތާފަނާފެން އަޅައިގެން ފުށްގަނޑު އޮމާންވާވަރަށް ރަނގަޅަށް މޮޑެލާށެވެ.

ކޮތަޅަކަށްލާފަ އައްސާފައި 25 މިނިޓް ބާއްވާށެވެ. ނުވަތަ ފުފެންދެން ބާއްވާށެވެ. ފުފުމުން ކުދިކޮށް ގުޅަގުޅަ ކަނޑާފައި ތަންކޮޅެއް ބޯކޮށް ދަމާލާށެވެ.

ތަވާގައި ނާން ފިހެލާށެވެ.

ނާންތައް ހޫނުކަން ހުއްޓާ ޕޭސްޓްރީ ބްރަޝްއަކުން ނާންގެ މަތީގައި އޮލިވް ބަޓަރކޮޅު ކުޑަކޮށް ހާކާލާށެވެ.

މިބާވަތްތަކުގެ ފުށްގަނޑުން ގުޅަކަނޑަން ރަނގަޅުވާނީ ވީހާވެސް މަޑުމަޑުން ހިފަހައްޓާފައި ވަޅިއެއްފަދަ ތޫނު އެއްޗަކުންނެވެ. އަދި ފުށްގުޅަ އޮމާންކުރިއަސް ނުފިއްތާ ފުށްކޮޅު ގެންގުޅޭނީ ވީހާވެސް މަޑުމަޑުން ލުއިކޮށް ބަލައިގެންނެވެ. ފިއްތާ އޮމާންކުރުމުން ފުފޭގޮތް ކުޑަވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —