Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ނާޗޯސް ތައްޔާރުކުރާނެ ގޮތް ބަދިގެ

ޒީޓައިމްސް ބަދިގެ: ނާޗޯސް ތައްޔާރުކުރާނެ ގޮތް

ބޭނުންވާ ތަކެތި:

½ ކިލޯ ގެރިމަސް

1 ފިޔާ ހަތަރެސްކަނަށް ކުދިކޮށް ކޮށާފައި

Article - in content
Advertisement

1 ދަޅު ކިޑްނީ ބީންސް

1 ދަޅު (ރިފައިން ބީންސް)

ޓޯޓިިލާ ޗިޕްސް

2 ޓޮމާޓޯ ކުދިކޮށް ކޮށާފައި

½ ޖޯޑު ޖަލަޕީނޯ

¼ ބްލެކް އޮލިވްސް (ކޮށާފައި)

8 އައުންސް ޗެޑާ ޗީޒް (ގާނާފައި)

3 ގްރީން ފިޔާ ކޮށާފައި (ސްޕްރިންގ އަނިއަން)

1 ސައިސަމުސާ ބްރައުން ޝުގަރ

1 ސައިސަމުސާ މުގުރި ދިރި

2 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ މުގުރި މިރުސް

1 އެވަކާޑޯ (ކޮށާފައި)

½ ޖޯޑު ސަވަރ ކްރީމް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ކުޑަ ތެޔޮފޮދެއްގައި ފިޔާކޮޅާއެކު ގެރިމަސް އަޅާލައިގެން މީރުކޮށްލާނީއެވެ. އެއަށްފަހު ލޮނު، މުގުރި ދިރި އަދި އަސޭމިރުސް މީގެ އިތުރުން މުގުރި މިރުސް އަޅައިގެން މަޑުގިނީގައި ރޯފިލުވާލާނީއެވެ. ދެން އެއަށްފަހު ބުރައުން ޝުގަރ އަދި ބީންސް ދަޅު އެޅުމަށްފަހު އެއްކޮށްލާނީއެވެ. އޭރުން ހުންނާނީ ވަރަށް އޮލަކޮށެވެ. ދެން ޓްރޭއެއްގައި ޗިޕްސްތައް އެތުރުމަށްފަހު ތައްޔާރުކުރެވުނު މަސްގަނޑު އަޅާލާނީއެވެ އެއަށްފަހު ކޮށާފައި ހުރި ޓޮމާޓޯ، ގްރީން އަނިއަންސް މައްޗަށް އަޅާލާނީއެވެ. އަދި އެވަކާޑޯވެސް އެޅުމަށްފަހު ސަވަރކްރީމް އަދި ޗީޒް، އޮލިވްސް، ޖަލަޕީނޯ އެޅުމަށްފަހު ސަވަރ ކްރީމް އަޅާނީއެވެ. 400 ޑިގްރީގައި 15 މިނިޓް ފިހެލުމަށް އަވަނަށް ލާންވާނެއެވެ. އެއަށްފަހު އެހުރީ ނާޗޯސް ތައްޔާރުކުރެވިފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —