Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ޖުވޭގެ ކަށިކޭލު ސަންފާ ބަދިގެ

ޒީޓައިމްސް ބަދިގެ: ޖުވޭގެ ކަށިކޭލު ސަންފާ

ސަންފާ އަކީ ވަރަށް ރީތި ދިވެހި ނަމެކެވެ. ޚާއްސަކޮށް ކުރީޒަމާނުގައި ދެކުނުގެ ރީތި އަންހެނުންނަށް ކިޔާ ޚާއްސަ ލޯބި ނަމެކެވެ. މިގޮތުން ކަށިކޭލު ސަންފާ އަކީ ރީތި އަންހެނަކަށް ނުވަތަ އަންހެނުންތަކަކަށް ޚާއްސަކޮށްގެން ތައްޔާރުކުރެވިފައިވާ މީރު ދިވެހި ބާވަތެކެވެ.

ބޭނުންވާތަކެތި:

10 ޖޯޑު ކަށިކެޔޮ

Article - in content
Advertisement

2 ޖޯޑު ހަކުރު

1 ޖޯޑު ބައި ހަނޑޫ ވަރަށް ހިމުންކޮށް ފުނޑާފައިހުރި

3 ޖޯޑު މާފެން

8 ރާނބާފަތްކޮޅު (½ އިންޗިއަށް ބުރިކޮށްފައި)

4 ޖޯޑު ޅަގަބުޅި ހުނި

1 ޖޯޑު ބައި ގެރިކިރު

1 ޖޯޑު ކަނަމަދު (ފަޅިފަޅިކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

ތެއްޔެއް އުނދުންމައްޗަށް އުދާލާފައި ފެންފޮދެއް އަޅާފައި ކައްކާށެވެ. ރާނބާފަތްކޮޅުވެސް އެއްކޮށްލާށެވެ.

ފެން ކެކިގަތީމަ ކަށިކެޔޮކޮޅު އަޅާފަ މަޑުވަންދެން ކައްކާށެވެ.

ފެން އަޅާނީ ކަށިކެޔޮކޮޅު ކިރިޔާ މަޑުވާވަރު ބަލައިގެން މަދުމަދުންނެވެ.

ރޯފިލުމުން އުނދުންމަތިން ބާލާފައި ކަށިކެޔޮކޮޅު ހޭންޑް މިކްސަރަކުން ކުޑަކޮށް ޗަސްކޮށްލާށެވެ. ދެން ހަކުރާއި ގަބުޅިހުނި ކަނަމަދު އެއްކޮށް ތާހަކަށް އަޅާފައި އުނދުންމައްޗަށް އުދާށެވެ.

މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.

ބޮކިޖަހާ ކެކެން ފެށުމުން މާފެނުގައި ހަނޑޫފުށް ގިރާފައި އެއްކޮށްލާށެވެ.

ކެކި ރޯފިލުމުން ގެރިކިރު އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —