Advertisement
header ad
XeeTimesXeeTimes
އަލްޝާލީ އިން ނިންމި ފުރަތަމަ އާރްޓީއެލް ފެރީ: ޖާގަ ތަނަވަސް، ހިތްގައިމު ލޯންޗެއް ވިޔަފާރި

އަލްޝާލީ އިން ނިންމި ފުރަތަމަ އާރްޓީއެލް ފެރީ: ޖާގަ ތަނަވަސް، ހިތްގައިމު ލޯންޗެއް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ދަތުރުތައް ހުވަދުއަތޮޅުގައި ފެށުމުގެ ގޮތުން އަލްޝާލީ މެރިން މޯލްޑިވްސް އާއި ހަވާލުކޮށްގެން ނިންމި ފުރަތަމަ ލޯންޗް ފެރީ ވަނީ މަސައްކަތް ނިންމުމަށްފަހު މިދިޔަ ބުދަ ދުވަހު އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.

އަލްޝާލީގެ ޖެނެރަލް މެނޭޖަރ އިސްމާއީލް ޝަރީފު ވިދާޅުވީ މިއީ އާރްޓީއެލްގެ ޚިދުމަތަށް ބޭނުންކުރުމަށް ނިންމި ފުރަތަމަ ފެރީ ކަމަށެވެ. ޚިދުމަތް ދިނުމަށް ބޭނުންވާ އެހެން ފެރީތަކުގެ މަސައްކަތް ޝެޑިއުލްއާއި އެއްގޮތަށް ނިންމުމަށް ހަލުވިކަމާއެކު މަސައްކަތް ކުރިއަށްދާކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ތިލަފުށީ ބޯޓުޔާޑުން މި ފެރީ މޫދަށް ބާލާފައިވާއިރު، މިއީ ޖާގަ ތަނަވަސް ފެރީއެކެވެ. 17 އަތޮޅަށް ބޭނުންވާ 65 ފެރީ އަލްޝާލީ އާއި ހަވާލުކޮށްގެން ނިންމުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

Article - in content
Advertisement

ހުވަދު އަތޮޅުގައި އާރްޓީއެލް ފެރީގެ ދަތުރުތައް ފެށުމަށް 6 ލޯންޗުގެ މަސައްކަތް މިއަހަރު ޖުލައިމަހަށް ނިންމުމަށް މަސައްކަތްކުރަމުން އަންނައިރު މިއީ 50 މީހުންގެ ޖާގައިގެ 55 ފޫޓުގެ އޭސީ ލޯންޗުތަކެކެވެ. ވީލްޗެއާ އާއި ސްޓްރެޗާ ބެހެއްޓޭގޮތަކަށް ވަނީ ފަރުމާކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ ހަތަރު އަތޮޅު އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނައިރު އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅުވައިލުމެވެ.

އާރްޓީއެލްގެ ޚިދުމަތް ދެމުން އަންނަ އަތޮޅުތައް:

ހއ. އަތޮޅު

ހދ. އަތޮޅު

ށ. އަތޮޅު

ޅ. އަތޮޅު

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އާރްޓީއެލްގެ މަޝްރޫއު 17 އަތޮޅެއްގައި ކުރިއަށްގެންދިއުމަށް ބޭނުންވާ 65 ފެރީ ބަނުމަށް އަލްޝާލީ މެރިން މޯލްޑިވްސް އާއި ހަވާލުކުރީ 2022 ވަނަ އަހަރު ސެޕްޓެމްބަރ މަހުގައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Sappe 09އޭޕްރީލް2023

ޅ. އަތޮޅަށް ނިސްބަތްވާ ބޭފުޅަކު ވެރިކަމުގަ ހުރީމާ 2

Anonymous 09އޭޕްރީލް2023

Noonu kendihfa laviyanya

Mode 08އޭޕްރީލް2023

ށ އަތޮޅާއި ހިސާބުން ނ.ރ.ބ ސްކިޕް ކޮއްލާފައި ޅ އަތޮޅަށް ފެރީގެ ހިދުމަތް ދިޔައީ ކީއްވެ؟ 7

fiyaaz 08އޭޕްރީލް2023

ފެރީގެ އެތެރެ ފެންނަ ފޮޓޯ ކޮޅެެއް ވެސް ލިނަމަ އެއްނު 5 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —