Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ގުލާބު ޖާމުން ބަދިގެ

ޒީޓައިމްސް ބަދިގެ: ގުލާބު ޖާމުން

ބޭނުންވާތަކެތި:

1 ޖޯޑު ހިކިކިރު

2 މޭޒުމަތީ ސަމުސާ ފުށް

Article - in content
Advertisement

1 ސައިސަމުސާ ބަޓަރ (ދިޔާކޮށްފައި)

1 ސައިސަމުސާ ބޭކިންގ ޕައުޑަރ

1 ބިސް

ކުކިންގ އޮއިލް

ހަކުރު ފަނިގަނޑު ތައްޔާރުކުރުމަށް ބޭނުންވާތަކެތި:

1 ޖޯޑު ހަކުރު

2 ޖޯޑު ފެން

10 ކާފޫރުތޮޅި

ހަކުރު ފަނިގަނޑު ތައްޔާރުކުރާނެ ގޮތް

ކާފޫރުތޮޅީގެ ދެކޮޅު ކަނޑާލާފަ ފެނާއި ހަކުރު އަޅައިގެން 15 ވަރަކަށް މިނިޓް ވަންދެން ކައްކާށެވެ. ކާފޫރުތޮޅީގެ ރަހަގަނޑު ރަނގަޅަށް ނުކުންނަ ވަރަށް ކެކުނީމަ ތައްޓަކަށް އަޅާލާށެވެ.

ގުލާބު ޖާމުންގެ ގުޅަތައް ތައްޔާރުކުރާނެ ގޮތް:

ހިކިކިރު، ފުށް، ބަޓަރ، ބޭކިންގ ޕައުޑަރ އަދި ބިސް އަޅައިގެން ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. ދެން ދެއަތުގައި ކުޑަ ތެޔޮކޮޅެއް ހާކާލާފަ ފުށްކޮޅު ފިއްތާލާފަ ގުޅަ ޖަހާލާށެވެ.

ތެއްޔަކަށް ތެޔޮ އަޅާފައި ތެޔޮ ހޫނުވުމުން ފަހަރަކު މަދު އަދަދަކަށް ގުޅަ އެޅުމަށްފަހު ތެލުލާށެވެ. ދެން ގުޅަތައް ނަގާ ހަކުރު ފަނިގަނޑުތެރެއަށް މަޑުމަޑުން އަޅާލާށެވެ. ގުޅަތައް ފަނިގަނޑުގައި ފޯވަންދެން 6 ގަޑިއިރު ބަހައްޓާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Shaa 30އޭޕްރީލް2023

Alhugandhu meethi hedheema vaagothakee ehkkoh foa vegn chasvefa hunnanee e ee keehvegntho kihinehtho rangalhu kuraanee 2

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —