Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރާނބާ ވިތް ނެސްލޭ ކްރީމް ޕުޑިންގ ބަދިގެ

ޒީޓައިމްސް ބަދިގެ: ރާނބާ ވިތް ނެސްލޭ ކްރީމް ޕުޑިންގ

ބޭނުންވާތަކެތި:

200ގ ކޯންފްލަރ

1500 އެމްއެލް ދިޔާކިރު

Article - in content
Advertisement

350ގ ހަކުރު

½ ޖޯޑު ގެރިކިރު

1 ޖޯޑުބައި ނެސްލޭ ކްރީމް

6 ރާނބާފަތް

ތައްޔާރުކުރާނެ ގޮތް:

ރާނބާފަތް ކޮށާލުމަށްފަހު މިކްސަރަށް އަޅާފައި ފެންފޮދެއް އެއްކޮށްގެން ރަނގަޅަށް ގިރާލާފައި ފުރާނާލާށެވެ. ކިރާއި ހަކުރު އެއްކޮށް ތެއްޔަކަށް އަޅާފައި އުނދުންމައްޗަށް އުދާލާށެވެ.

ހަކުރު ވިރެންދެން މަޑުގިނީގައި ދޭފަތުން އެއްކުރަމުން ކައްކާށެވެ.

ކޯންފްލަރކޮޅު ވަރަށް އޮލަކޮށް ކުޑަފެންފޮދެއްގައި ރަނގަޅަށް ގިރާފައި މަދުމަދުން އަޅަމުން ދޭފަތުން އަވަސްއަވަހަށް އެއްކޮށްލާށެވެ.

ކެކިރޯފިލުމުން ކްރީމް ކޮޅާއި ގެރިކިރު އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.

މި ޕުޑިންގ ވެސް ތަފާތު ގޮތްގޮތަށް ތައްޔާރުކުރެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —