Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ލެމަން ބަޓަރމިލްކް ޕައި ބަދިގެ

ޒީޓައިމްސް ބަދިގެ: ލެމަން ބަޓަރމިލްކް ޕައި

ބޭނުންވާތަކެތި:

1 ނުފިހާހުރި ޕައި ފުށްގަނޑެއް 

1 ½ ޖޯޑު ހަކުރު

Article - in content
Advertisement

1 ޖޯޑު ބަޓަރމިލްކް

4 ބިސް

½ ޖޯޑު އަންސޯލްޓެޑް ބަޓަރ

3 މޭޒުމަތީ ސަމުސާ ލުނބޯޖޫސް

1 މޭޒުމަތީ ސަމުސާ ގާނާފަހުރި ލުނބޯތޮށި

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

¼ މޭޒުމަތީ ސަމުސާ ލޮނު

¼ ޖޯޑު ފުށް

ތައްޔާރުކުރާނެ ގޮތް

ބޮޑު ތައްޓަކަށް ހަކުރު، ބަޓަރމިލްކް، ބިސް، ދިޔާކޮށްފައިހުރި ބަޓަރ، ލުނބޯޖޫސް، ގާނާފަހުރި ލުނބޯގެ ތޮށި، ވެނީލާ އެސެންސް އަދި ލޮނު އަޅާފައި ރަނގަޅަށް އޮލަވަންދެން ގިރާލާށެވެ. އެއަށްފަހު ފުށް އަޅައިގެން ރަނގަޅަށް އެއްކުރާށެވެ.

ނުފިހާހުރި ޕައި ފުށްގަނޑުގެ މައްޗަށް މި އެއްކުރިބައި އަޅާށެވެ. އެއަށްފަހު އަވަނުގައި ފިހެލާށެވެ. ފިހާނީ މައްޗަށް ކުޑަކޮށް މުށިކުލައެއް އަރާވަރަށެވެ. އެއިރުން ހުންނާނީ އެހާ ހަރުނޫން ވަރަކަށް ފިހެވިފައެވެ.

ޕައި ފިހެވުމުން ފިނިވަންދެން ބަހައްޓާށެވެ. އެއަށްފަހު ފޮތިފޮއްޗަށް ކަފާލުމަށްފަހު ކާލެވިދާނެއެވެ. 

ނޯޓް: ތިރީގައި މިވަނީ ޕައި ފުށްގަނޑު ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯ އެކެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —