Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ވެޖްޓަބަލް ރޯލް ބަދިގެ

ޒީޓައިމްސް ބަދިގެ: ވެޖްޓަބަލް ރޯލް

ބޭނުންވާތަކެތި:

1 ކިލޯ ބްރެޑް ފްލަރ

10ގ ބްރެޑް އިމްޕްރޫވަރ

Article - in content
Advertisement

25ގ ބަޓަރ

20ގ ހިކިކިރު

10ގ އީސްޓް

450 އެމްއެލް ފެން

15ގ ލޮނު

އެތެރެއަށް އެޅުމަށް

100ގ ކެރެޓް

100ގ ލީކްސް

100ގ ޒުވާރިއޮށް

100ގ މަޝްރޫމް

50ގ އޮލިވް ކޮށާފައި

ތައްޔާރުކުރާނެ ގޮތް:

ކޮށާފައިހުރި ތަރުކާރީގެ ބާވަތްތައް ތެޔޮފޮދެއްގައި ކުޑަލޮނުކޮޅެއް ލާފައި ކުޑަކޮށް ހަނާކޮށްލާށެވެ.

ފުށްމޮޑޭ މެޝިނަށް ފުށް އަޅާފައި ހިކިކިރު، ބަޓަރު، އީސްޓް، ބްރެޑް އިމްޕްރޫވަރ، ލޮނު އަދި ފެން އަޅަމުން މޮޑެމުންދާށެވެ. 10 މިނިޓް ވަންދެން މޮޑެލާށެވެ. ނުވަތަ ރަނގަޅަށް މޮޑެވެންދެން މޮޑެލާށެވެ. މޮޑެމުންދާއިރު މާހިކިހެން ހީވާނަމަ ކުޑަފެންފޮދެއް އިތުރުކޮށްލާށެވެ. އެއީ ފުށުގެ ގޮތުން ކުޑަބަދަލެއް އައިސްދާނެތީއެވެ.

މޮޑެ ނިމުމުން ކަވަރކޮށްފައި 1 ގަޑިއިރުވަންދެން ބާއްވާށެވެ.

ފުށްގަނޑު ޑިސްކް ސައިޒަށް ރީއްޗަށް ދަމާލާށެވެ. ފުށްގަނޑު މެދުން ދެބަޔަށް ފަޅިކޮށްފައި ފުށްގަނޑުމަތީގައި ހަނާކޮށްފައިހުރި ތަރުކާރީ ފަތުރާލާށެވެ. ރޯލެއްހެން އޮޅާލާފައި ގާތްގަނޑަކަށް ދޮޅުއިންޗި ހުންނަވަރަށް ބުރިކޮށްލާށެވެ.

ޓްރޭގައި ދޭތެރެދުރުކޮށް އަތުރާފައި އަނެއްފަހަރު ކަވަރކޮށްފައި ފުފިލަންދެން ބަހައްޓާށެވެ.

އަވަންގެ ހޫނުމިން 200 ޑިގްރީގައި ބަހައްޓައިގެން 17 މިނިޓް ފިހެލާށެވެ. މި ބަނަސް ފުށްގަނޑުވެސް ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރުކުރެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —