Advertisement
header ad
XeeTimesXeeTimes
ރާނބާފަތް ރޯލްސް: ވަރަށްމީރުވާނެ! ބަދިގެ

ރާނބާފަތް ރޯލްސް: ވަރަށްމީރުވާނެ!

ބޭނުންވާތަކެތި:

2 ގަބުޅީގެ ހުނި

1 ޖޯޑު ހަކުރު

Article - in content
Advertisement

1 ސައިސަމްސާ ހުވަނދުމާ ފެން

5 ރާނބާފަތް

1 ޖޯޑު ފުށް

2 ބިސް

½ ޖޯޑު ކިރު (ފުލްކްރީމް މިލްކް)

10 ކަނަމަދު

3 ބަޓަރ ކުދިތަށި (އަންސޯލްޓެޑް)

ތައްޔާރު ކުރާނެގޮތް:

ރާނބާފަތް ރޯޯލްސް ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ގަބުޅި ހުނިގަނޑު ތައްޔާރުކޮށްލާށެވެ. ގަބުޅި ހުނިގަނޑަށް ބޭނުންވާ ހަކުރު، ގަބުޅި ހުނި، ހުވަނދުމާ ފެން، ރާނބަފަތް އެއްކުރުމަށްފަހު މަނޑުގިނީގައި ކައްކާށެވެ. ގަބުޅި ހުނިގަނޑަށް އަޅާނީ 05 އިންޗިއަށް ވާވަރަށް ރާނބާފަތް ކޮށާފައެވެ. ހުނިގަނޑު ކެކެން ފެށުމުން ކުލައަށް ބަދަލު އަންނަން ފަށާނެއެވެ. ހުނީގެ ކުލައަށް ބަދަލުއައިސް ރަނގަޅަށް ކެކުމުން ތަފާތު މީރުވަހެއް ދުވާނެއެވެ. ކައްކާ ނިމުމުން ގަބުޅި ހުނިގަނޑު ތައްޓަކަށް އަޅާފަ ބަހައްޓާށެވެ.

5 ރާނބާފަތް ކުދިކޮށް ކޮށާލުމަށްފަހު ކުޑަފެންފޮދެއް އަޅާ މިކްސަރުން ޖޫސް ގޮތަށް ރަނގަޅަށް ހިމުން ކޮށްލާށެވެ. އަދި އެއަށްފަހު ފުރާނާށެވެ. ރާނބާފަތުން 1/2ޖޯޑު ޖޫސް ތައްޔާރުކުރެވޭ ވަރަށް ފެން އަޅަންވާނެއެވެ. ތައްޔާރުކުރި ރާނބާފަތުގެ ޖޫސް، 1/2ޖޯޑު ކިރު، 2 ސަމްސާ ހަކުރު، ކަނަމަދު، 1 ޖޯޑު ފުށް، ބިސް، ބަޓަރ މިހުރިހާ ބާވަތެއް އެއްކުރުމަށްފަހު މިކްސަރުން ގިރާށެވެ. އެއަށްފަހު މަޑުގިނީގައި ތުނިކޮށް ފޮޅިގޮތަށް ފިހެލާށެވެ. ފިހުނުފޮޅީގެ އެތެރެއަށް ގަބުޅިހުނި އެޅުމަށްފަހު ރޯލްސް ގޮތަށް އޮޅާލާށެވެ.

 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

މާސާނި 13ޖެނުއަރީ2021

ކަށިކެޔޮ ކޭކުގެ ހަދާނެގޮތް ކިޔާދީބަލަ 5 7

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —