Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ޗިކަން މަންޗޫރިއަން ތައްޔާރުކުރާނެ ގޮތް ބަދިގެ

ޒީޓައިމްސް ބަދިގެ: ޗިކަން މަންޗޫރިއަން ތައްޔާރުކުރާނެ ގޮތް

ބޭނުންވާ ތަކެތި:

1 ކިލޯ ބޯންލެސް ޗިކަން

2 ބިހުގެ ހުދުބައި

Article - in content
Advertisement

3 މޭޒުމަތީ ސަމުސާ ކޯން ފްލާރ

2 ބެލްޕެޕަރ (ބޮޑު މިރުސް)

1 ފިޔާ (އާދައިގެ)

34 ލޮނުމެދު (ޗަސްކޮށްލާފައި)

1 ކެރެޓް (ވަށްފޮއްޗަށް ކޮށާފައި)

އިނގިލިން ހިފާލެވޭވަރުގެ ހަކުރުކޮޅެއް

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

½ މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް

1 ސައިސަމުސާ ވައިޓް ވިނިގަރ

2 މޭޒުމަތީ ސަމުސާ ފެން

2 ސައިސަމުސާ މުގުރި އަސޭމިރުސް

1 ½ ޖޯޑު ކުކިން އޮއިލް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅުމަސް ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ކުޑަލޮނުކޮޅެއް އަދި މުގުރި އަސޭމިރުސްކޮޅެއް ހާކާލުމަށްފަހު 5 މިނިޓް ބަހައްޓާނީއެވެ. ދެން ވަކިކުރެވުނު ބިހުގެ ހުދުބަޔާއި އެއްކޮށްލުމަށްފަހު ކޯންފްލާ ހާކާނީއެވެ. އެއަށްފަހު ތެޔޮ ހޫނުކޮށްލުމަށްފަހު ތެލުލާނީއެވެ.

ފިޔާ، ލޮނުމެދު، ކެރެޓް އަދި ބެލްޕެޕަރ އެޅުމަށްފަހު ކުކިން އޮއިލްފޮދެއްގައި މީރުކޮށްލާނީއެވެ. އޭގެފަހުން މުގުރި އަސޭމިރުސް، ސޯޔާސޯސް، އޮއިސްޓަރ ސޯސް، ހަކުރުކޮޅެއް އަދި ފެންފޮދާއިއެކު އެއްކޮށްލުމަށްފަހު މަތިޖަހާލާނީއެވެ. ދެން ކޯންފްލާރ އަޅާނީއެވެ. އޭރުން އެއްކޮށްލާއިރު ކުޑަ އޮލަކަމެއް ހުންނާނެއެވެ. ސޯސްގަނޑު ރަނގަޅަށް ކެކުނީމަ ތެލުލި ކުކުޅުކޮޅު އެއްކޮށްލުމަށްފަހު 5 މިނިޓް މަޑުގިނީގައި ބެހެއްޓުމަށްފަހު ބާލާނީއެވެ. މިހުރީ ޗިކަން މަންޗޫރިއަން ތައްޔާރުކުރެވިފައެވެ. މިއީ ރޮށި އަދި ބަތާއެކުވެސް ކާލަން ވަރަށް މީރު އެއްޗެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —