Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ސްޓިކީ ޖިންޖަރ ޕްޑިންގ ތައްޔާރުކުރާނެ ގޮތް ބަދިގެ

ޒީޓައިމްސް ބަދިގެ: ސްޓިކީ ޖިންޖަރ ޕްޑިންގ ތައްޔާރުކުރާނެ ގޮތް

ބޭނުންވާތަކެތި:

1 ¾ ޖޯޑުގެ 'ސެލްފްރައިޒިން' ފުށް (ބޭކިންގ ޕައުޑަރ އާއި ލޮނުކޮޅެއް އެއްކޮށްފަ ހުންނަ ފުށް)

1 ½ މޭޒުމަތީ ސަމުސާ މުގުރި އިނގުރު

Article - in content
Advertisement

¼ ބޭކިން ސޮޑާ

100 ގްރާމް ބުރައުން ޝުގަރ

120 ގްރާމް އަންސޯލްޓެޑް ބަޓަރ

2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ ސޯސް

3 ބިސް

½ ޖޯޑު ކިރު

އައިސްކްރީމް

އިނގުރު ސޯސް ތައްޔާރުކުރަން ބޭނުންވާ ތަކެތި:

200 އެމްއެލް ހެވީކްރީމް

120 ގްރާމް މުގުރި އިނގުރު

100 ގްރާމް ބަޓަރ

1/3 ޖޯޑުގެ ބްރައުން ޝުގަރ

1/3 ޖޯޑުގެ ޖިންޖަރ ބިއަރ (އިނގުރުން ތައްޔާރުކޮށްފަ ހުންނަ ފުޅިއެއް)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ފުށާއި މުގުރި އިނގުރު އަދި ބޭކިން ސޮޑާ އެއްކޮށް ފުރާނާލާނީއެވެ. އެއަށްފަހު އޭގެ ތެރެއަށް ބްރައުން ޝުގަރ އަދި ބްރައުން ޝުގަރ ސޯސް އާއި މެލްޓްކޮށްފައި ހުރި ބަޓަރ އަޅައިގެން އަދި ކިރު އަޅައިގެން އެއްކުރާނީއެވެ. އެއަށްފަހު ބިސް އަޅައިގެން ރަނގަޅަށް އެއްކޮށްލާނީއެވެ. ދެން ކުދިތަށި ނުވަތަ ބައިބަޔަށް ހުންނަ ޓްރޭއެއްގައި 20 ނުވަތަ 30 މިނިޓް ފިހެލާނީއެވެ.

ސޯސް ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތެއްޔެއްގައި ބަޓަރ އަދި ބްރައުން ޝުގަރ މުގުރި އިނގުރު ޖިންޖަރ ބިއަރ ހެވީ ކްރީމް އަޅައިގެން ސިރަޕަށް ވަންދެން ކައްކާލާނީއެވެ. އެއަށްފަހު ފިހެފައި ހުރި ކޭކުގެ މައްޗަށް އަޅާލުމަށްފަހު ކާން ތައްޔާރުވުމުން ކުޑަ އައިސްކްރީމް ކޮޅެއް އަޅާލުމުން ރަހަ ވަރަށް ތަފާތުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —