Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: މީޓްބޯލް ތައްޔާރުކުރާނެ ގޮތް ބަދިގެ

ޒީޓައިމްސް ބަދިގެ: މީޓްބޯލް ތައްޔާރުކުރާނެ ގޮތް

ބޭނުންވާތަކެތި:

1 ކިލޯ މިންސްޑް ބީފް

3 ފޮތި ޕާން

Article - in content
Advertisement

1 ޖޯޑު ޗީޒް (ގާނާފައި)

1 ½ މޭޒުމަތީ ސަމުސާ ޕާސްލީ (ކުދިކޮށް ކޮށާފައި)

3 ލޮނުމެދު (ކުދިކޮށް ކޮށާފައި)

ރަހަލާވަރަށް ލޮނު

ބައިސަމުސާ މުގުރި އަސޭމިރުސް

1 ޓޮމާޓޯ

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ އަދި ޗިލީ ސޯސް

ތައްޔާރުކުރާނެ ގޮތް:

ޕާން ފޮތިތައް ކުދިކޮށް ކޮށާލުމަށްފަހު ފެންފޮދެއްގައި މަޑުމަޑުން މޮޑެލާށެވެ. އެއަށްފަހު 5 މިނިޓްފަހުން ރަނގަޅަށް ފޯވުމުން ބީފް، ޗީޒް، ޕާސްލީ، ލޮނުމެދު، ލޮނު، އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އަތުން ގުޅަޖަހާލާށެވެ. ދެން ތަވާގައި ތެޔޮ ހޭކުމަށްފަހު މަޑުގިނީގައި މީރުކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯތައް މިކްސްޗަރގައި މުގުރާލުމަށްފަހު ލޮނު، މުގުރި އަސޭމިރުސް އަދި ޓޮމާޓޯސޯސް ކުޑަ ޗިލީ ސޯސްކޮޅެއް އަޅައިގެން ސޯސްގަނޑު ކައްކާލުމަށްފަހު ތައްޔާރުކުރެވުނު މީޓްބޯލްސް އެއްކޮށްލާށެވެ. އެއަށްފަހު މައްޗަށް ޕާސްލީކޮޅެއް އަޅާލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —