Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ވިއެޓްނާމީސް ސްޕްރިންގ ރޯލް އަދި ޕީނަޓް ސޯސް ބަދިގެ

ޒީޓައިމްސް ބަދިގެ: ވިއެޓްނާމީސް ސްޕްރިންގ ރޯލް އަދި ޕީނަޓް ސޯސް

ބޭނުންވާތަކެތި:

1 ޕައުންޑް ޝްރިންޕް (ފެނުކައްކާފައި)

3 އައުންސް ތުނިމިނުގެ ރައިސްނޫޑްލްސް (ކައްކާފައި)

Article - in content
Advertisement

1 ބެލް ޕެޕަރ (ހިމަދިގުކޮށް ކޮށާފައި)

1 ކެރެޓް (ހިމަދިގުކޮށް ކޮށާފައި)

½ ޖޯޑު މިންޓްލީފް

12 ފަތް ލެޓިއުސް

12 ރައިސް ޕޭޕަރ ޝީޓް

ޕީނަޓް ސޯސް ތައްޔާރުކުރަން ބޭނުންވާތަކެތި:

½ ޖޯޑުު ކްރީމީ ޕީނަޓް ބަޓަރ

2 މޭޒުމަތީ ސަމުސާ ރައިސް ވިނިގަރ

2 މޭޒުމަތީ ސަމުސާ ސޯޔާސޯސް

1 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ

1 ސައިސަމުސާ ސެސަމީ އޮއިލް

½ ޖޯޑުު ފެން

ޕީނަޓް ސޯސް ތައްޔާރުކުރުމަށްޓަކައި ކްރީމީ ޕީނަޓް ބަޓަރ، ރައިސް ވިނިގަރ، ސޯޔާސޯސް، ބްރައުން ޝުގަރ، ސެސަމީ އޮއިލް އަދި ފެން ބޯތައްޓަކަށް އެޅުމަށްފަހު ރަނނގަޅަށް އެއްކޮށްލާނީއެވެ.

ސްޕްރިންގ ރޯލް ތައްޔާރުކުރުމަށްޓަކައި ރައިސް ޕޭޕަރ ޝީޓްގެ ތެރެއަށް ލެޓިއުސް، ބެލްޕެޕަރ، ކެރެޓް އަދި މިންޓްލީޕް އެޅުމަށްފަހު ރައިސް ނޫޑްލްސް ކޮޅެއް އަޅާލާށެވެ. އެއަށްފަހު ބޭރަށް ފެންނަހެން ޝްރިންޕް އަޅާފަ ރޯލް އޮޅާހެން އޮޅާލާށެވެ. އޭރުން އެހުރީ ސްޕްރިންގ ރޯލް ތައްޔާރުކުރެވިފައެވެ. ސޯސް ކޮޅެއްގައި ޖައްސައިގެން ކާލުމުން ރަހަ ތަފާތުވެފައި މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —