Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ކާށި ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ޕެޝަން ފުރުޓް ޖޭމް ބަދިގެ

ޒީޓައިމްސް ބަދިގެ: ކާށި ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ޕެޝަން ފުރުޓް ޖޭމް

ބޭނުންވާތަކެތި:

120 އެމްއެލް ފެން

100ގ ހަކުރު

Article - in content
Advertisement

150ގ ގާނާފަހުރި ކާށި

395ގ ގެރިކިރު

1 ޕެޝަންފުރުޓް

ތައްޔާރުކުރާނެ ގޮތް:

އުނދުން ރޯކުރުމަށްފަހު ތަވާއަށް ފެންއަޅާށެވެ. ފެން ހޫނުވުމުން ހަކުރުއަޅާފަ ހަކުރު ފެންނަން ނުހުންނަވަރަށް މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ގާނާފައިހުރި ކާށި އަޅާފަ އެއްކުރަމުން ކައްކާށެވެ. ގެރިކިރު އަޅާފަ އެއްކުރުމަށްފަހު ޕެޝަންފުރުޓްގެ އޮށްތައް އަޅާފަ ވަރަށް ރަނގަޅަށް އެއްކުރަމުން މަޑުގިނީގައި ކައްކާށެވެ. 5 ވަރަކަށް މިނިޓަށް ކެއްކުމަށްފަހު ސަމުސަލަކުން ނަގާފަ ވަކިވަކިން ތައްޓެއްގައި އަތުރާލާށެވެ. އެއަށްފަހު ފިނިވަންދެން ބަހައްޓާށެވެ. މިއީ ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު އެއްޗެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —