Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރޯގާޖެހިގެން އުޅޭއިރު ބޯން ރަނގަޅު ސައި! ބަދިގެ

ޒީޓައިމްސް ބަދިގެ: ރޯގާޖެހިގެން އުޅޭއިރު ބޯން ރަނގަޅު ސައި!

މިދުވަސްވަރު ގިނަ މީހުންގެ ޝަކުވާއަކީ ރޯގާޖެހި ރަނގަޅުނުވު ގިނަދުވަސް ހޭދަވުމެވެ. ތިރީގައި މިވަނީ ރޯގާގެ އުދަގޫ ތަހައްމަލު ކުރަމުންދާ މީހުން ބޯން ރަނގަޅު ސައިގެ މައުލޫމާތެވެ.

މާމުއިސައި

1 ޖޯޑު ހޫނުފެނުގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ މާމުއި އަޅާފަ އެއްކޮށްލާށެވެ. މިއީ ކެއްސުމާއި ކަރުތެރެއަށް ރޯގާގެ އުދަގޫވުމުން ބޯން ރަނގަޅު ސަޔެކެވެ. ކަރުތެރޭގެ ރިހުން ކުޑަކޮށްދޭނެއެވެ. މާމުއި އަކީ އެއްވެސް އެއްޗަކަށް ނައަޅާ ބޭނުންކުރުމަށްވެސް ރަނގަޅު ފައިދާހުރި ގުދުރަތީ އެއްޗެކެވެ.

Article - in content
Advertisement

ލުނބޯސައި

ލުނބޯ އަޅައިގެން ހޫނުފެން ނުވަތަ ސައިބުއިމުން ލިބޭނެ ފައިދާއަކީ ވިޓަމިންސީގެ މާއްދާ ހަށިގަނޑަށް ލިބުމެވެ. 2008 ވަނަ އަހަރު ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި ރޭގަނޑު ނިދުމުގެ ކުރިން ލުނބޯސައި ނުވަތަ ހޫނުފެނަށް ލުނބޯ އަޅައިގެން ބުއިމުން ރޯގާ ރަނގަޅުވެ ކަރުތެރެ ރަނގަޅުވެއެވެ. މިގޮތަށް ތަކުރާރުކޮށް ބުއިމުން ރޯގާ ރަނގަޅުވާލެއް އަވަސްވެސްވެއެވެ.

ގްރީންޓީ

އާންމުކޮށް ލިބެން ހުންނަ ސައިގެ ތެރޭގައި ހަށިގަނޑަށް އެންމެ ފައިދާހުރި ސަޔަކީ ގްރީންޓީ ކަމަށް ދެކޭ މީހުންވެސް އުޅެއެވެ. ގްރީންޓީ ބުއިމުން ރޯގާގެ ސަބަބުން އުފެދޭ އިންފެކްޝަންގެ އަސަރު ކުޑަކޮށް، ކެއްސުމަށް ލުޔެއް ލިބެއެވެ. އެއީ ގްރީންޓީ ގައި ހިމެނޭ އެންޓިއޮކްސިޑެންޓް މާއްދާގެ ސަބަބުންނެވެ. ރޯގާއަށް ޚާއްސަކޮށްގެން އުފައްދާފަ ހުންނަ ގްރީންޓީ ގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި އިނގުރު، ކާފޫރުތޮޅި، ކަރަންފޫ، އަސޭމިރުސް، ފޮނިތޮށިފަދަ ބާވަތްތައް ހިމެނެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —