ޒަމާނަށް އަންނަ ބަދަލާއެކު ގޭގައި ބޭނުންކުރާ ފަރުނީޗަރަށްވެސް އެބަދަލުތައް އާދެއެވެ. ގިނަ މީހުން ބޭނުންވަނީ ފިހާރަތަކުގައި ވިއްކަން ހުންނަ ފަރުނީޗަރުގެ ބަދަލުގައި އަމިއްލަ އެޕާޓްމަންޓުގެ ސައިޒަށް ބެލުމަށްފަހު ބޭނުންވާ ޑިޒައިނަކަށް ފަރުނީޗަރު ހެއްދުމަށެވެ. އެއިރުން ކުޑަޖާގައަށް ރީތި، ގިނަ ބޭނުންތައް ފުދޭނެގޮތަށް ދިގުމުއްދަތަކަށް ބޭނުންކުރެވޭނޭ ފަރުނީޗަރު ތައްޔާރުކުރެވޭތީއެވެ.

'ހަރިކަން އިންވެސްޓްމަންޓް' އަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ވަޑާމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. މިކުންފުނިން ވަނީ މަސައްކަތްތަކުގެ ތަފްސީލް 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ.

2022 ވަނަ އަހަރު ކުރީކޮޅު ރަޖިސްޓްރީ ކުރި މި ކުންފުނީގެ މަސައްކަތް ފެންނާނީ ހަރިކަން އިންވެސްޓްމަންޓް ނަމުގައި އުފައްދާފައިވާ ވައިބަރ ގްރޫޕުންނެވެ. ހުޅުމާލޭގެ ހިޔާ ޓަވަރުގެ އެޕާޓްމަންޓްތަކުގައި މިކުންފުނިން ވަނީ ވަރަށް ރީތި ބަދިގެސެޓާއި، ޓީވީރެކް، އަދި ބެޑްރޫމްސެޓް ތައްޔާރުކޮށްދީފައެވެ.
" ކަސްޓަމައިޒްކޮށް ފަރުނީޗަރު މި ޖަހަނީ ކަސްޓަމަރުން ބޭނުންވާ ޑިޒައިނަކަށް ބޭނުންވާ ފެންވަރަށް. މާލެ، ހުޅުމާލޭގައި ވަޑާމުގެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަން. ކަސްޓަމަރުން ބޭނުންވާ ޑިޒައިނެއްގެ ފޮޓޯ ދެއްކީމަ އަޅުގަނޑުމެން ބަލަނީ އެ ޑިޒައިނަށް ތަކެތި ތައްޔާރުކުރުމަށް މާލެއިން ލިބެންހުންނަ ތަކެތި ހޯދުމަށް. އެއަށްފަހު ކަސްޓަމަރު ބޭނުންވާ ގޮތަކަށް ތައްޔާރުކޮށްދެން". ކުންފުނީގެ ފަރާތުން މައުލޫމާތު ދިނެވެ.

މިމަސައްކަތް ކުރިއަށްގެންދާއިރު ކަސްޓަމަރުން ބޭނުންވާނަމަ އެގްރިމެންޓް ހަދައިދެއެވެ. ޓީވީރެކްގެ މަސައްކަތް އާންމުކޮށް ނިންމާލެވެނީ 5 ނޫނީ 7 ދުވަހުންނެވެ. އަދި ބަދިގެސެޓް 12 ނުވަތަ 15 ދުވަހުން ނިންމާލެވޭއިރު ބެޑްރޫމްސެޓް ނިމޭނެ މުއްދަތު ބުނެދެނީ ކުޑަބޮޑު މިނާއި ޑިޒައިނަށް ބެލުމަށްފަހުގައެވެ.

" ބަދިގެސެޓް އާންމުކޮށް މިނިންމަނީ 60 ހާސް ރުފިޔާއާއި 78ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކަށް. ޓީވީރެކްގެ އަގު އުޅެނީ 14500 ރުފިޔާ އާއި 19500 ރުފިޔާއާއި ދެމެދު. އެޑްވާންސަށް ނަގަނީ އަގުގެ ދެބައިކުޅައެއްބައި. ޖުމްލަ އަގު ދައްކަންޖެހޭނީ ކަސްޓަމަރު ބޭނުންވާ މިންވަރަށް މަސައްކަތް ނިންމާ ފުރިހަމަކުރުމުން".

ހަރިކަން އިންވެސްޓްމަންޓުން މައުލޫމާތު ދޭގޮތުގައި ހުޅުމާލޭގައި ގިނަ އަދަދެއްގެ އެޕާޓްމަންޓްތައް ހަދަމުން އަންނައިރު މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. އެހެންނަމަވެސް ދިމާވާ ގޮންޖެހުމަކީ މަސައްކަތަށް ބޭނުންވާ ސާމާނު ފިހާރަތަކުން އަވަހަށް ހުސްވުމެވެ.

ބޭނުންވާ ފެންވަރަށް އެޕާޓްމަންޓް ރީތިކޮށްލުމަށް ހަރިކަން އިންވެސްޓްމަންޓާއި ގުޅަން ބޭނުންނަމަ 7947234 މި ނަންބަރަށް ގުޅާ މައުލޫމާތު ސާފުކޮށްލެވިދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު
work quality 👍❤️
ކޮމެންޓްސް ބަންދުކުރެވިފައި