Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ބިހުގެ ކިރުގަރުދިޔަ ބަދިގެ

ޒީޓައިމްސް ބަދިގެ: ބިހުގެ ކިރުގަރުދިޔަ

ބޭނުންވާތަކެތި:

10 ބިސް ފެނުކެއްކި

2 ފިޔާ ތުނިކޮށް ކޮށާފައި

Article - in content
Advertisement

4 ލޮނުމެދު ފަޅިފަޅިކޮށްފައި

½ ގިތެޔޮމިރުސް ފަޅިފަޅިކޮށްފައި

½ ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި

3 ހިކަނދިފަތް

2 ޓޮމާޓޯ ކޮށާފައި

1 ޗިކަންކިއުބް

2 ގަނޑު ވަޅޯމަސް ކޮށާފައި

1/3 ސައިސަމުސާ މުގުރި އަސޭމިރުސް

1 ލުނބޯ

6 ޖޯޑު ފެންކިރު

6 ރާނބާފަތްކޮޅު ބައިއިންޗިއަށް ބުރިބުރިކޮށްފައި ހުރި

2 ޖޯޑު ކާށިބޯކިރު

ލޮނުކޮޅެއް

ރީނދޫކޮޅެއް ކުލަހިފާވަރަށް

ތައްޔާރު ކުރާނެ ގޮތް:

ތެލި އުނދުން މައްޗަށް އުދާލާށެވެ.

ހޫނުވީމާ ފެންކިރު އަޅާލާށެވެ.

ކެކިގަތުމުން، ފިޔާ، ހިކަނދިފަތް، މިރުސް، މަސް، ރާނބާ، ރީނދޫ އަދި ލޮނުމެދު އެއްކޮށްލާށެވެ.

ރަހަ ނުކުންނަވަރަށް ކެކުމުން ލުނބޯހުތާއި ބޯކިރު ފިޔަވައި ބާކީހުރި ހުރިހާ ބާވަތް އެއްކޮށްލާށެވެ.

ކެކިގަތުމުން ދޭފަތުން އެއްކޮށްފައި ބޯކިރުވެސް އެއްކޮށްފައި ކެކިގަތުމުން ލުނބޯހުތް އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.

ކިރުގަރުދިޔަވެސް 4-5 ގޮތަކަށް ތައްޔާރު ކުރެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —