May 13, 2024 11:03
Advertisement

-Advertisement-

ޝަހީދުންގެ ދުވަސް: ޤައުމަށް ތެދުވެރިވެ ދީނަށް ޙުރުމަތްތެރިކޮށް ހިތާ ދައުލަތަށް ވަފާތެރިވާށެވެ!

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބުގައި ވިދާޅުވީ އަޅުގަނޑުމެންގެ ކާބަފައިން ޕޯޗުގީޒުގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި ކަމަށެވެ. އަދި އަޅުގަނޑުމެންގެ ކާބަފައިން ބޭރުގެ ބާރަކަށް ނަފާލިބޭ ގޮތަށް ކަޅުމުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނަޅޮހާއި އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ޝަހީދުންގެ ދުވަހާއި ގުޅިގެން ޚިޠާބު ދެއްވަނީ

" އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު. ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިޚްލާސްތެރި އިލްތިމާސަކީ މިއީ. ޤައުމަށް ތެދުވެރިވާށޭ! ދީނަށް ޙުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!". ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

މީގެ 480 އަހަރު ކުރިން ދިވެހީންނާ ބައްދަލުކުރި ޝަޢުބާން މަހުގެ އެއްވަނަ ދުވަސް މި ދުވަހާ ވަރަށް ތަފާތެވެ. އެއީ ވަރަށް ބިރުވެރި ނާމާން ދުވަހެކެވެ. އެ ދުވަހަކީ ދިވެހިރާއްޖެއާއި ދިވެހީންނާއި ދިވެހީންގެ ދީނާއި މިނިވަންކަމުގެ ދިފާޢުގައި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި، އައްސުލްޠާނު ޢަލީ (6ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (އަލި ރަސްގެފާނު) ޝަހީދުވި ދުވަހެވެ. އޭގެ އަހަރުތަކެއް ފަހުން ހިޖުރީ ގޮތުން 1400 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ނަމުގައި ދިވެހި ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެއްޓީއެވެ. މިއަހަރު މި ފާހަގަކުރަނީ މި ތާރީޚުން ބަލާނަމަ 46 ވަނަ ޝަހީދުންގެ ދުވަހެވެ.

Advertisement

ކަޅު މުޙައްމަދު ރަސްގެފާނުގެ ކާފަދަރިކަލުން އުމުރުން 19 އަހަރުގެ ނުވަވަނަ ޙަސަން ރަސްގެފާނާ ޕޯޗުގީޒުންނާ އުފެދުނު ގުޅުމުގެ ތެރޭން އޭނާ އިސްލާމްދީން ދޫކޮށްލީއެވެ. އިންޑިއާގެ ކޮއްޗޭއަށް ވަޑައިގެން އަދި ފަހުން ގޯވާއަށް ސީދާ ޕޯޗުގީޒުންގެ ދަރުބާރަށް ވަޑައިގަތީއެވެ. ރާއްޖޭން ލިބޭ މާވަހަރާއި ރޯނާއި ބޮއްޔަކީ އެ ޒަމާނަށް ވަރަށް އަގުހުރި ތަކެއްޗެވެ. އޭގެ އިތުރަށް ރާއްޖެ އޮންނަ ތަނަކީ ވަރަށް މުހިންމު އޮޅިއެކެވެ. އެކަން ވަސްކޮޑިގާމާ އޭނާގެ ޑައިރީގައި ވެސް ފާހަގަކޮށްފައިވެއެވެ. މި ހުރިހައި ސަބަބުތަކަށްޓަކައި ޒުވާން ނުވަވަނަ ހަސަން ރަސްގެފާނުގެ އެދިވަޑައިގަތުމަށް ޕޯޗުގީޒުން ރާއްޖެއަށް މިސްރާބު ޖެހީއެވެ. އެމީހުންނަށް ކާމިޔާބު ލިބި އަލިރަސްގެފާނު ޝަހީދުކޮށްލީ މީލާދުން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު އެވެ. ހިޖުރީ ގޮތުން އެއީ 1 ޝައުބާން 965 ގައެވެ. މުޅި ހަނގުރާމައާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ މިއަދު އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވައިފައިވެއެވެ.  

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް