ބޭނުންވާތަކެތި:
200ގ ކުކިންގ ޗޮކްލެޓް
½ ޖޯޑު ބަޓަރ
3 ބިސް
1/4 ސައިސަމުސާ ލޮނު
1 ސައިސަމުސާ ވެނީލާ އެސެންސް
1 ޖޯޑު ހަކުރު
½ ޖޯޑު ބްރައުން ޝުގަރ
½ ޖޯޑު ފުށް
½ ޖޯޑު ކޮކޯ ޕައުޑަރ
½1 ސައިސަމުސާ ބޭކިންގ ޕައުޑަރ
100 ގްރާމް ޗޮކްލެޓް ޗިޕްސް ނުވަތަ ކުދިކޮށް ކޮށާފަ ހުރި ޗޮކްލެޓް
ތައްޔާރުކުރާނެ ގޮތް:
ކުޑަތެއްޔަކަށް ބަޓަރ އަޅާފައި އުނދުންމަތީގައި މަޑުގިނީގައި ބަހައްޓައިގެން ކައްކާލާށެވެ. ދެން ޗޮކްލެޓްކޮޅު އަޅާ އެއްކޮށް ޗޮކްލެޓްތައް މެލްޓް ވަންދެން މަޑުގިނީގައި ކައްކާލާށެވެ. ތައްޓަކަށް ހަކުރު، ބްރައުން ޝުގަރ އަދި ބިސްއަޅާ ގިރާލާށެވެ. ހަކުރުތައް ރަނގަޅަށް ގިރުނީމައި ލޮނު އަދި ވެނީލާ އެސެންސް އަޅާ އެއްކޮށްލުމަށްފަހު ފުށާއި ކޮކޯ ޕައުޑަރ އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން އޭގެތެރެއަށް ކެއްކި ޗޮކްލެޓްކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ތައްޔާރުކުރި ބްރައުނީ މިކްސްޗަރ 7 އިންޗި 7 އިންޗި ޓްރޭއަކަށް (ބޭކިންގ ޕޭޕަރ ޓްރޭގެ އަޑިއަށް ލުމަށްފަހު) އަޅާ އެއްވަރު ކޮށްލުމަށްފަހު މައްޗަށް ކޮށާފައިހުރި ޗޮކްލެޓްކޮޅު ނުވަތަ ޗޮކްލެޓް ޗިޕްސްކޮޅު އަޅާ އެއްވަރު ކޮށްލާފަ ކުޑަކޮށް އަތުން ޗޮކްލެޓްކޮޅުތައް ފިތާލާށެވެ. ދެން އަވަން ހޫނުކޮށްލުމަށްފަހު 180 ޑިގްރީގައި 30 މިނިޓް ފިހެލާށެވެ.