Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ޕިއްޒާ ސޯސް ފަސޭހައިން ތައްޔާރުކުރެވިދާނެ ގޮތެއް! ބަދިގެ

ޒީޓައިމްސް ބަދިގެ: ޕިއްޒާ ސޯސް ފަސޭހައިން ތައްޔާރުކުރެވިދާނެ ގޮތެއް!

ބޭނުންވާތަކެތި:

2 ސައިސަމުސާ ގިތެޔޮމިރުސް ސޯސް

1 ސައިސަމުސާ ޕެޕްރިކާ

Article - in content
Advertisement

4 ކެޕްސިކަމް (ކަރުނަގާ ވަރަށް ހިމުންކޮށް ތުނިކޮށް ކޮށާފައިހުރި)

2 ފިޔާ (ހިމުންކޮށް ގާނާފައިހުރި)

1 ސައިސަމުސާ މުގުރި އަސޭމިރުސް

½ ޖޯޑު ޗިލީ އެންޑް ގަރލިކް ސޯސް

1 ޖޯޑު ޓޮމާޓޯ ކެޗަޕް

3 ޖޯޑު ފީލްޑް ޓޮމާޓޯ ކުދިކޮށްކޮށާ ޗަސްކޮށްފައި ހުރި

1 މޭޒުމަތީ ސަމުސާ ލޮނުމެދު އިނގުރު ޕޭސްޓް

ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ތަވާ އުނދުންމައްޗަށް އުދާލާށެވެ. ތެޔޮފޮދެއް އަޅާފައި ހޫނުވީމަ ކެޕްސިކަމްކޮޅު އެއްކޮށްލާށެވެ. މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ދާށެވެ. ފިޔާ އިނގުރު ލޮނުމެދުކޮޅުވެސް އެއްކޮށްލާށެވެ. އެބައި މޯޅިވުމުން ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށްފައި ރަހަ ނުކުންނަ ވަރަށް މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ސޯސްގަނޑު ކައްކާށެވެ. ރަހަ ނުކުންނަ ވަރަށް ރަނގަޅަށް ކެކުމުން އުނދުންމަތިން ބާލާށެވެ. ޕިއްޒާ ސޯސްވެސް ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރުކުރެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —