September 18, 2024 00:27
Advertisement

-Advertisement-

އެމްޕޮކްސްގެ އާ ވޭރިއަންޓް އެފްރިކާއިން ބޭރުވުން، އިތުރު ގައުމުތަކުންވެސް ކޭސްތައް ރިޕޯޓް ކޮށްފާނެ!

އެފްރިކާގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި އެމްޕޮކްސްގެ އާ ވޭރިއަންޓު ޔޫރަޕުން ފުރަތަމަ ފަހަރަށް ފެނުމާއި ގުޅިގެން އިތުރު ކޭސްތައް ކުރިޔަށް އޮތްތަނުގައި ރިޕޯޓްކޮށްފާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން އަންދާޒާ ކުރެއެވެ.

އެފްރިކާ ސަރަހައްދުގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 500 އިން މައްޗަށް އަރާފައިވާއިރު ފުރަތަމަ ފަރަހަށް ޔޫރަޕުން މަންކީޕޮކްސް ނުވަތަ އެމްޕޮކްސް ބަލިޖެހިފައިވާ މީހެއް ފެނިފައިވަނީ ސްވިޑަން އިންނެވެ. ގައިން ގަޔަށް އަރާ އެމްޕޮކްސް ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަނީ އެފްރިކާ ސަރަހައްދުގައެވެ. ސްވިޑަން އިން ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ މީހާ އަކީ ދާދިފަހުން އެފްރިކާއަށް ދަތުރުކޮށްފައިވާ މީހެކެވެ. 

އެމްޕޮކްސްގެ ދެ 'ކްލޭޑް'ވެސް ފެތުރެނީ، ބަލި ޖެހިފައިވާ ޖަނަވާރަކާއި ކޮންޓެކްޓް ވުމުންނާއި، ބަލި ޖެހިފައިވާ އިންސާނުންނާއި 'ޑައިރެކްޓް ކޮންޓެކްޓް' ވުމުންނެވެ. އެގޮތުން ކްލޯސް ކޮންޓެކްޓުންނަކީ ބަލި ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅުމާއި، ޖިންސީ ގުޅުމުގެ ޒަރިއްޔާއިންނާއި، ބަލި ޖެހިފައިވާ މީހެއް ގެންގުޅޭ ތަކެތި (ޖަރާސީމުން ތަޣައްޔަރުވެފައިވާ ތަކެތި، މިސާލު: ބާލީސް، ގޮދަނޑި ފަދަ ތަކެތި) ބޭނުންކުރުމުގެ ޒަރިއްޔާއިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެމްޕޮކްސް ބަލި އަރައެވެ.

Advertisement

'ކްލޭޑް 1ބީ' އަކީ ކުރިން ފެނިފައިވާ ވޭރިއަންޓް، 'ކްލޭޑް 2' އަށް ވުރެ މާ ނުރައްކާތެރި އަލި ހަލުވިކަމާއެކު ފެތުރެމުން އަންނަ ވައިރަހެއް ކަމަށް ބެލެވޭއިރު، ސައިންސްވެރިން އަންނަނީ މިކަން ދިރާސާކުރަމުންނެވެ. މި ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ސެޕްޓެމްބަރު 2023 ގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ. އޭގެފަހުން ބުރުންޑީ، ކެންޔާ އަދި ރުވަންޑާއިން ވަނީ މި ވޭރިއަންޓް ފެނިފައެވެ. އެމްޕޮކްސް އިން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ޑޯޒްތައް އެފްރިކާ ބައްރުން ލިބެން ހުރީ ވަރަށް މަދުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

2024 ވަނަ އަހަރު ބަލި ފެތުރެމުންދާ އެފްރިކާގެ ގައުމުތައް

ކުރީގެ ވޭރިއަންޓް އެމްޕޮކްސް ކްލޭޑް 2، ވައިރަލް ވެގެންދިޔައީ 2022 ވަނަ އަހަރެވެ. އޭރުވެސް ހެލްތް އިމަޖެންސީ އިއުލާން ކުރިއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެ ވޭރިއަންޓްގެ 300 ކޭސް ސްވިޑަންގައި މިހާރުވެސް އެބައުޅެއެވެ. ފަހުން ފެނިފައިވާ 'ކްލޭޑް 1ބީ' ގެ ވޭރިއަންޓް ސްވިޑަން އިން އަދި ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑުން ކަމުގައިވިޔަސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގެންދަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އާ ވޭރިއަންޓް އިތުރަށް ފެތުރުނަނުދީވޭތޯ މަސައްކަތް ކުރުމަށް އިރުޝާދު ދެމުންނެވެ.

އަދި ޔޫރަޕުން މި ބަލި ޖެހިގެން ރިޕޯޓްކުރި ފުރަތަމަ ގައުމަކީ ސްވިޑެން ކަމަށްވާއިރު އެގައުމުގެ ހާމަކަންބޮޑުކަމާއިމެދު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ތައުރީފުކޮށްފައިވެއެވެ. ސްވިޑެން ނަމޫނާއަކަށް ބަލައިގެން ޔޫރަޕް ބައްރުގެ އެހެން ގައުމުތަކުންވެސް އެމްޕޮކްސް ވައިރަސް ފެނިއްޖެނަމަ އެކަން ސިއްރުނުކޮށް ހާމަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެދެއެވެ.

އެމްޕޮކްސް އަކީ މީގެ ކުރިން ހަމައެކަނި އެފްރިކާ ބައްރުން ފެންނަ ބައްޔެކެވެ. އެމްޕޮކްސްގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ މިއީ މުޅި ބައިނަލްއަގްވާމީ ކަންބޮޑުވުމެއް ކަމަށް ބުދަ ދުވަހު (14 އޮގަސްޓް 2024) ގައި ކަނޑައަޅާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ އިމަޖެންސީ އިއުލާނުކޮށްފައެވެ.

'އިންޓަނޭޝަނަލް ހެލްތް ލޯ' ގެ ދަށުން ނެރޭ ބައިނަލްއަގްވާމީ އެންމެ މަތީ ލެވެލްގެ އެލާޓް، ޕީއެޗްއީއައިސީ އިއުލާންކޮށްފައިވަނީ އެފްރިކާގެ ގައުމުތަކުގައި ބަލި ފެތުރޭ މީހުންގެ އަދަދު ހަލުވިކަމާއެކު ފެތުރެމުންދާތީ އެފްރިކާ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އިން އެސަރަހައްދުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިތާ މާ ގިނަ އިރުތަކެއް ނުވެ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާއިތުވި ދެ އަހަރު ތެރޭގައި މިފަދަ މަތީ ދަރަޖައިގެ އެލާޓެއް ނެރެ، ގްލޯބަލް ހެލްތް އިމަޖެންސީ އިއުލާނު ކުރި ދެވަނަ ފަހަރެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް