Advertisement
header ad
XeeTimesXeeTimes
ފޮޓޯ: މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް- ވިމެންސް އެޑިޝަން 2024 ހުޅުވުމުގެ ރަސްމިއްޔާތު ފޮޓޯ

ފޮޓޯ: މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް- ވިމެންސް އެޑިޝަން 2024 ހުޅުވުމުގެ ރަސްމިއްޔާތު

މަޓާޓޯއިން ބޭއްވި "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ކުރިއަށްގެންދިޔައީ ހޮޓެލް ޖެންގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދިވެހި މުޖުތަމަޢުގެ ކޮންމެ ކަމެއްގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. މިރަސްމިއްޔާތުގައި މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވިދާޅުވީ މިކޮންފަރެންސްގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ހައްލު ހޯދައިދިނުން ކަމަށެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —