September 18, 2024 00:28
Advertisement

-Advertisement-

ކޮލެސްޓްރޯލް ދަށްނުވެގެން އުޅޭނަމަ މިއޮތީ ފަސޭހަ ފަރުވާއެއް

ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތައް ޖެހުމާއި އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވުމަށް ފުރުސަތު ބޮޑުވާ ކަމެކެވެ.

އެހެންނަމަވެސް މާބޮޑަށް ކަންބޮޑުވާކަށް ނުޖެހެއެވެ. އެއީ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރެވިދާނެ އެއްގޮތަކީ ކޮލެސްޓްރޯލް ދަށްކޮށްދޭ ބާވަތްތައް ހިމެނޭ ބެލެންސް ޑައިޓެއް (މިންހެޔޮ ކެއުން) ތަކުން ކަމަށްވާތީ އެވެ. އަދި މިންހެޔޮ ކެއުމެއްގެ ތެރޭގައި ހިމަނަންވީ މުހިންމު ކާނާ ހިމަނައިގެން ބޭސް ނުކައިވެސް ކޮލެސްޓްރޯލް ކޮންޓްރޯލް ކުރެވިދާނެ ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާތީއެވެ.


'ޒީޓައިމްސް'ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީވެދޭ ރެސިޕީއެކެވެ. މިއީ އިންޑިއާގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. ހަންސާ ޖީ، ކިޔާ ދެއްވާފައިވާ ރެސިޕީއެކެވެ.

މި ހިމަނާލާ ބަޓަރފްލައި ޕީ ފްލާވާ ޓީ، (ގަދަ ނޫކުލައިގެ މި މަލުން ތައްޔާރުކުރާ ސައި ނުވަތަ ފެން) ލިބޭ ހައިރާން ކުރުވަނިވި ފައިދާތައް ބަލާލަން މި ބުއިން ތަޖުރިބާ ކޮށްލަމާ ހިނގާށެވެ.

މި ނޫކުލަ ގަދަ މަލަކީ ސިއްހަތަށް އެތައްގޮތަކުން ފައިދާ ހުރި ގުދުރަތީ އަޖައިބެއްފަދަ މަލެކެވެ.

ބަޓަރފްލައި ޕީ ފްލަވަރ ޓީ ތައްޔާރުކުރުމަށް ބޭނުންވާނީ:

Advertisement
  •  1 ތަށި ފެން
  • l  އިންޗި ފޮނިތޮށި ކޮޅެއް
  • l  އިންޗި އިނގުރު ކޮޅެއް
  • l  ލުނބޯ
  • l  ސައިސަމުސާ ރޯ ޗިއާ ސީޑް

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް އެއް ތަށި ފެން އަޅާލާށެވެ. ދެން އެ ފެންފޮދުގެ ތެރެއަށް ބަޓަރފްލައި ޕީ މަލެއް ލާށެވެ. އަދި 1 އިންޗި ފޮނިތޮށިކޮޅާއި އެއް އިންޗި އިނގުރުކޮޅުވެސް ތެއްޔަށް ލާށެވެ. އެއަށްފަހު އެ ފެންފޮދު ކައްކާލާނީއެވެ. 5-6 މިނިޓް ހާއިރު ކައްކާލުމުން ފޮނިތޮށި، އިނގުރު އަދި މަލުގެ ރަހަތައް ފެނާއި އެކުވާނެއެވެ. މި އިންގްރީޑިއަންޓްސް އަކީ ކޮލެސްޓްރޯލްތައް ވިރުވާލަދިނުމަށް އެހީތެރިވެދޭ މާއްދާތައް ހިމެނޭ ތަކެއްޗެވެ. ހައެއްކަ މިނިޓް ވަންދެން ކައްކާލުމަށްފަހު އުނދުން ނިވާލާށެވެ. އަދި ހޫނުކަން ކަނޑުވާލުމަށް 15 މިނިޓްވަންދެން ބަހައްޓާށެވެ. އެއަށްފަހު ސައިފޮދު ޖޯޑަކަށް ފުރާނާލާށެވެ. ފުރާނާލާއިރު ހުންނާނީ މަޑު ދަނބު ކުލައެއް ނުވަތަ ނޫ ކުލައެއްގައެވެ. އެއަށްފަހު ލުނބޯ ހުތް އަޅާ ސައިތަށި ރަނގަޅަށް ގިރާލާނީއެވެ. އެހެން ބާވަތްތަކާއިއެކު ލުނބޯ އެއްކޮށްލުމުން މިވައްތަރު ސައިން ވިޓަމިންސީ ވެސް ވަރަށް ރަނގަޅު މިންވަރަކަށް ހަށިގަނޑަށް ލިބޭނެއެވެ.

ޔަގީނުންވެސް ކޮލެސްޓްރޯލް ދަށްކޮށްލަދޭ މި ސައި މިހާރު މިހުރީ ތައްޔާރުވެފައެވެ.

ބަޓަރފްލައި ޕީ މަލުގެ ސައިގައި އެކުލެވެނީ:

އެންޓޯސިއަނެން: މިއީ އޮކްސިޑޭޓިވް ސްޓްރެސް އާއި ދެކޮޅަށް މަސައްކަތްކޮށްދީ ހިތުގެ ބަލިތަކަށް އޮންނަ ހިރާސްތައް ދަށްކޮށްދޭ މާއްދާއެކެވެ. ފޮނިތޮއްޓަކީ ވެސް ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ޓޯޓަލް ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް ފޮނިތޮށި އެހީވެދެއެވެ. ފޮނިތޮށިން އެލްޑީއެލް، ބޭޑް ކޮލެސްޓްރޯލް އަދި ޓްރައިލިސްރައިޑް ލެވެލް ދަށްކޮށްދެއެވެ.

އިނގުރަކީ އޭގައި ހުންނަ ކުޅި ދިލަ ރަހައިގެ ސަބަބުން އެތައް ބައިވަރު ސިއްހީ ފައިދާތައް ފޯރުކޮށްދޭ އެއްޗެކެވެ. އެންޓި އިންފްލެމޭޓަރީ މައްސަލައާއި ހިތުގެ ސިއްހަތަށް އެހީވެދެއެވެ. އިނގުރަކީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ބްލަޑް ޕްރެޝަރ ލެވެލް ދަށްކޮށްދޭ އެއްޗެކެވެ.

އެހެންކަމުން ކޮލެސްޓްރޯލް ދަށްކުރަން ބޭނުންވާ ބޭފުޅުން، ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ ބާވަތްތަކާއެކު ޑައިޓުގައި މި ބަޓަރފްލައި ޕީ މަލުގެ ސައިވެސް ހިމަނާލާށެވެ.

ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ ބައެއް ކާނާގެ ތެރޭގައި:

  • ކައްޓަލަ
  • ހޯލް ގްރެއިންސް 
  • ސަލްމަން
  • އޯޓްމީލް
  • ބީންސް (ރަތް އޮތް)
  • ބަދަން 
  • އެވަކާޑޯ
  • ޒައިތޫނި
  • އާފަލު
  • ބެރީސް
  • އޮރެންޖް ހިމެނެއެވެ.

    ކެއުމުގައި މި ބާވަތްތައް ހިމެނުމުގެ އިތުރުން ކޮލެސްޓްރޯލް ދަށްކުރުމަށް މީހާ ހެލިފެލިވެ އުޅުންވެސް ވަރަށް މުހިންމެވެ. 'ޕްރޯ އެކްޓިވް' ލައިފް ސްޓައިލަކީވެސް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދިނުމަށް އެހީއެކެވެ.

    ބަޓަރޕްލައި ޕީ ޕްލާވާރ ޓީ އަކީ ކޮލެސްޓްރޯލް ދަށްކޮށްލުމަށް އެހީވެދިނުމުގެ އިތުރުން ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާތައްވެސް އެކުލެވޭ ފައިދާހުރި ބުއިމެކެވެ. ހަކުރު ބަލީގެ ބޭފުޅުންނާއި ފްރެޝަރު މައްޗަށްދާ ބޭފުޅުންނަށްވެސް ހަފްތާއަކު އެއްފަހަރު ނަމަވެސް މީގެ ސައި ތައްޓެއް ބޯލުމަކީ ފައިދާހުރި ކަމަކަށް ވާނެއެވެ.
+1
0
+1
1
+1
2
+1
1
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް