Advertisement
header ad
XeeTimesXeeTimes
އަތާއި އަތް ގުޅުވާލާފައިވާ މި ފެންނަ ފޮޓޯއިން އެތައް ވާހަކައެއް ބުނެދޭ! ފޮޓޯ

އަތާއި އަތް ގުޅުވާލާފައިވާ މި ފެންނަ ފޮޓޯއިން އެތައް ވާހަކައެއް ބުނެދޭ!

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނަންގަވާފައިވާ ފޮޓޯތަކުގެ ތެރެއިން އެންމެ އަޅައިގަތް އެއް ފޮޓޯއަކީ "ހޭންޑް އިން ހޭންޑް" ނުވަތަ އަތާއި އަތް ގުޅުވާލައިގެން ތިއްބެވި ދެ ރައީސުންގެ މި ފޮޓޯގަނޑެވެ. މިފޮޓޯއިން ވަރަށް ގިނަ ކަންކަން ބުނެދެއެވެ. ރާއްޖެ އާއި މެދު ފަލަސްތީނު ރައްޔިތުންގެ ހިތުގައި އޮތް ގަދަރާއި އިހުތިރާމް އަދި ލޯބި ހާމަވެގެންދެއެވެ. 

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. 

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުން

ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

Article - in content
Advertisement
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުން

ފަލަސްޠީނުގެ ރައީސް، މަޙްމޫދު ޢައްބާޞް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ކުރައްވާ ތާއީދު ދެނެވަޑައިގަންނަވާކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. 

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުން

ރާއްޖެއަކީ ފަލަސްޠީނުގެ ދިފާއުގައި އަބަދުވެސް ދެމި އޮންނަ، އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. 

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުން

ފަލަސްތީނާއި ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގައި އެތައް މިލިއަން ޕަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ ގެދޮރުން ގަދަކަމުން ބޭރުކޮށް ރެފިއުޖީންނަށް ހަދާފައިވެއެވެ. އަދި އަންނަ އޮކްޓޫބަރަށް ޣައްޒާ އާއި ހަމާސް އާއި ދެމެދު ކުރިޔަށްދާ ހަނގުރާމައަށް އަހަރެއް ފުރިގެންދާއިރު އިސްރާއީލުން ހިންގާ ގަތުލު އާންމުގައި 40,005 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ޣައްޒާ އެއްކޮށް ސުންނާފަތި ކޮށްފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތައް ހަށިތަކެއްވެސް ހުންނާނެ ކަމަށް ލަފާ ކުރެވެއެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —