September 27, 2024 05:23
Advertisement

-Advertisement-

ލަންކާގެ އައު ރައީސް، ދަނޑުވެރި އާއިލާއަކަށް ތާރީޚީ މޮޅެއް

އަވަށްޓެރި ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ ވަރަށް ވާދަވެރި އަދި ތަފާތު އިންތިހާބެކެވެ. ނަތީޖާވެސް ނެރެން ޖެހުނީ ތަފާތު ގޮތަކަށެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ވޯޓު ލިބިފައި ނުވާއިރު ދެވަނަ ފަރަހަށް ވޯޓު ގުނަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ. އަދި ރައީސް ރަނިލް ވިކްރަމަ ސިންހާއަށް ބޮޑު ނާކާމިޔާބީ އަކާވެސް ކުރިމަތިވި މިއީ ފުރަތަމަ ފަހަރެވެ. ޒުވާނުން ބަދަލަކަށް އެދި އެދި ތިބި ސްރީލަންކާގައި އިނދަޖެހިފައިވާ އިގްތިސާދު ކޮޅަށް ޖެއްސޭނެ ގާބިލު ކެންޑިޑޭޓެއް ކަމަށް ރައްޔިތުން ނިންމެވީ އަނުރަ ކުމާރަ ޑިސަނައިކޭ އެވެ.

ޑިސަނައިކޭ އަކީ ކާކު؟

ސްރީލަންކާގެ އައު ރައީސް ޑިސަނައިކޭ, 55އ އަކީ އާދައިގެ ކުޑަ ދަނޑުވެރި އާއިލާއަކުން ސިޔާސީ ދާއިރާއަށް ނިކުންނެވި ބޭފުޅެކެވެ. ބައްޕަ އަކީ ސަރުކާރުގެ ސާވޭ ޑިޕާޓްމެންގައި މަސައްކަތްކުރާ އާދައިގެ ސްޓާފެެކެވެ. މަންމަ އުޅުނީ ގޭތެރޭގެ މަސައްކަތުގައެވެ. ނޭޝަނަލް ޕީޕަލްސް ފްރަންޓްގެ ނަމުގައި ޕާޓީއެއްް އުފައްދަވައިގެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔައިރު 2004 ން 2010 އަށް އަދި 2010 ން 2015 އަށް ލަންކާގެ ގާނޫނޫ ހަދާ މަޖިލީހުގެ މެންބަރު ކަން ކުރެއްވިއެވެ.

Advertisement

ސިޔާސީ ބާރުވެރިކަމެއް ނެތް ދަނޑުވެރި އާއިލާއަކަށް ނިސްބަތްވެވަޑައިގެންނެވި ނަމަވެސް ލަންކާގެ ތާރީހުގައި ޑެސަނައިކޭގެ ނަން ބޮޑުއަކުރުން ފެވޭނެއެވެ. ރައްޔިތުންގެ އިތުބާރު، އަދި މިހާރު އޮތް ސަރުކާރާއި އިދިކޮޅަށް ލަންކާއިން ބަސް ބުނެފައިވާއިރު ޑިސަނައިކޭ އަށް އެގައުމުގެ ޒުވާނުންނާ ހަރުމީހުންގެ ތާއީދު ނުހަނު ބޮޑެވެ.

ސްރީލަންކާގެ ރައްޔިތުން ނުހަނު ބޭނުންވި ތާރީހީ ބަދަލު ގެނެސްދެވޭނީ ހަމައެކަނި ޑެސަނައިކޭ އަށް ކަމަށް ނިންމިއިރު އޭނާ ވަނީ ކެމްޕޭނުގެ ތެރޭގައިވެސް ރައީސްކަން ކާމިޔާބު ކުރައްވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އޮންނެވި ކަމަށް ވިދާޅުވެފައެވެ.

މަޝްހޫރު ނަމަކީ އޭކޭޑީ

މަޝްހޫރު ނަމަކީ އޭކޭޑީއެވެ. ޑިިސަނައިކޭގެ ނަމުގައި ހިމެނޭ އިނީޝަލްސްއެވެ.

ވާތުފިޔައިގެ ސިޔާސީ ފިކުރުގައި ސިޔާސީ މައިދާނަށް ނިކުންނެވިއިރު އެއީ ދަރިވަރެކެވެ. އޭރު ލަންކާގެ ރައީސްކަމަށް ވަޑައިގެންނެވޭނެ ކަމަށް ހީފުޅުވެސް ނުކުރައްވައެވެ. ސިޔާސީ މައިދާނުގައިި ހަރަކާތްތެރިވެވަޑައިގަންނަވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާ ވަނީ ރައްޔިތުންނަށް ހައްގުތައް ހޯދައިދީ ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އޭނާއަކީ ވާހަކަދެއްކުންތެރި ހުނަރުވެރި އަދި ސާފު ސިންހަޅަ ބަހުން މުއާމަލާތް ކުރުމުގެ ހުނަރު ލިބިވަޑައިގެންފައިވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

2022 އަށްފަހު ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބުގައި ޑިސަނައިކެ އަށް ރައްޔިތުން ކުރި އިތުބާރުކުރީ އިގްތިސާދު ކޮޅަށް ޖެއްސެވުމަށް ވެވަޑައިގެންނެވި ވައުދުފުޅެއްގެ ސަބަބުންނެވެ.
ޑިސަނައިކޭ ވަނީ 42.3 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. އޭނާއާއި އިދިކޮޅު ކެންޑިޑޭޓް ޕްރެމަދާސާއަށް ލިބިވަޑައިގެންނެވީ 32.8 އިންސައްތަ ވޯޓެވެ.
ކަރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ލަންކާގެ ނާޒުކު އިގްތިސާދު ހަމަމަގަށް އަޅުވާނެ ކަމުގެ ޔަގީންކަން ޑިސަނައިކޭ ދެއްވިއެވެ. ފަގީރުންގެ ހައްގުގައި ވާހަކަފުޅު ދައްކަވާ ޑިސަނައިކޭ އަށް ވަނީ ލަންކާގެ އާންމުންގެ ބޮޑު އިތުބާރެއް ލިބިފައެވެ. 

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް