September 27, 2024 05:20
Advertisement

-Advertisement-

ބޮލީވުޑް ރެސްޓޯރަންޓް: އިންޑިއަންފުޑްސްގެ ރަހަ ބަލާލުމަށް އެއްވަނައިގެ ތަނެއް!

ދިވެހީންގެ ތެރޭގައިވެސް ތަފާތު ޤައުމުތަކުގެ ރަހަތަކަށް ލޯބިކުރާ ގިނައަދަދެއްގެ މީހުން އުޅެއެވެ. ވެރިރަށް މާލެސިޓީގައި އެކި ޤައުމުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރެންޓްތައް ހުންނައިރު 'އިންޑިއަންފުޑްސް' އަކީ ދިވެހިންނަށް އަބަދުވެސް މީރު އެއްޗެކެވެ.

މާވެޔޮމަގުގައި ހުންނަ އިންޑިއާގެ ކެއުންތަކަށް ހާއްސަ ބޮލީވުޑް ރެސްޓޯރެންޓަކީ ފާހަގަކޮށްލެވޭ ތަނެކެވެ. މިކެފޭގެ މެނޫގައި ހިމެނޭ ކެއުންތައް މިހާރު އޮންލައިން ޕްލެޓްފޯމް "އަވަސްފުޑް" މެދުވެރިކޮށް އޯޑަރުވެސް ކޮށްލެވޭނެއެވެ. އަދި އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ކެފޭއިން ލިބެން ހުންނަ އައިޓަމްތައްވެސް ބަލައިލެވޭނެއެވެ. ބޮލީވުޑް ރެސްޓޯރެންޓުން ޑިނާއެއް ނުވަތަ ލަންޗެއް ނެގުމަށް ކޮންމެހެން އެ ރެސްޓޯރެންޓަށް ނުދިޔަކަމުގައިވިއަސް އަވަސްފުޑް މެދުވެރިކޮށް އޯޑަރުކޮށްލުމުން އިސާހިތަކު ބުނި ތަނަކަށް އެ އެއްޗެއް ގެންގޮސްދޭނެއެވެ.

"މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭއެއް. ހުޅުމާލޭގައި އުޅޭ މީހާއަށް މާލެ ނައިސް އަވަސްފުޑް އެޕްލިކޭޝަނުން އޯޑަރު ދިނުމުން އެއެއްޗެއް ގެންގޮސްދެވޭނެ. އަޅުގަނޑުމެން ޔަގީންކަންދެން ކަސްޓަމަރުން ބޭނުންވާ ވަގުތުގައި އެ އެއްޗެއް ގެންގޮސްދޭނެކަން" ބޮލީވުޑް ރެސްޓޯރެންޓުގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް އޮޕަރޭޝަންސް މުހައްމަދު ސަލާމް ވިދާޅުވިއެވެ.

Advertisement

ސަލާމް ވިދާޅުވީ އަވަސްފުޑް މެދުވެރިކޮށް ބޮލީވުޑް ރެސްޓޯރެންޓްގެ ރަހަތައް ގޭގޭ ސިޓިންރޫމްތަކާ ހަމަޔަށް ގެންގޮސްދިނުމުގެ މައިގަނޑު މަގްސަދަކީ ރެސްޓޯރެންޓްގެ ރަހަތަށް ބޭނުންވާ އެންމެނަށްވެސް އެފުރުސަތު ފޯރުކޮށްދިނުމެވެ. މިގޮތުން ހިނގާބިނގާވެ އުޅުމަށް އުނދަގޫވާ މީހުންނާއި، އެހެންވެސް ސަބަބުތަކާހުރެ ގެއިން ބޭރަށް ނުދެވޭ ފަރާތްތަކަށް އަވަސްފުޑް މެދުވެރިކޮށް ބޮލީވުޑް ކެފޭއިން ތައްޔާރުކުރާ ކެއުންތައް ގެންގޮސްދިނުމުގެ އިންތިޒާމް ހަމަޖެއްސީ މި ސަބަބަށްޓަކައި ކަމަށް ސަލާމް ފާހަގަކުރެއްވިއެވެ.

ބޮލީވުޑް ރެސްޓޯރެންޓަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ރެސްޓޯރެންޓުން އިންޑިއާގެ ތަފާތު ރަހަތަށް ލިބެންހުރެއެވެ. މީގެ ތެރޭގައި އެކި ވައްތަރުތަކުގެ ބިރިއާނީ، ތަންދޫރީ ޗިކަން، ބަޓަރޗިކަންގެ އިތުރުންވެސް ތަފާތު ވައްތަރުތަކުގެ ޑިޝް ހިމެނެއެވެ.

ބޮލީވުޑް ރެސްޓޯރެންޓްގެ މަޤްސަދަކީ އިންޑިއާގެ އޮރިޖިނަލް ރަހަތަކާއެކު ކަސްޓަމަރުންނަށް އަތްފޯރާ ފަށުގައި ކެއުންތައް ލިބޭނޭ މަގު ތަނަވަސްކޮށްދިނުމެވެ.

އިންސްޓަގްރާމް ޕޭޖް: Bollywood.bm

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް