Advertisement
header ad
XeeTimesXeeTimes
ހަކުރުލީ މާޅޮސްކެޔޮ ބަދިގެ

ހަކުރުލީ މާޅޮސްކެޔޮ

ބޭނުންވާތަކެތި:

މާޅޮސްކެޔޮ (10ވައް)

1/2 ޖޯޑު ހަކުރު                                

Article - in content
Advertisement

ތެޔޮ

ތައްޔާރުކުރާނެގޮތް:

މާޅޮސްކެޔޮތަކުގެ ބޭރު ރަނގަޅަށް ދޮވުމަށްފަހު ތޮށި މަށާށެވެ. އެއަށްފަހު ތުނިކޮށް ފޮތިފޮއްޗަށް ކޮށާށެވެ. ތަވައަށް ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދާށެވެ. ތެޔޮފޮދު ހޫނުވާން ފެށުމުން މާޅޮސްކެޔޮ އަޅާށެވެ. ކުޑަކޮށް ކުލަ ބަދަލުވެ މުރަނަވުމުން ނަގާށެވެ. ތަވާ އުނދުންމައްޗަށް އުދާ ހަކުރުކޮޅެއް އަޅާ ކުލައަށް ބަދަލު އަންނަންދެން ހޫނުކޮށްލާށެވެ. އެއަށްފަހު ތެލުލި މާޅޮސްކެޔޮ އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

ހަކުރުލީ މާޅޮސްކެޔޮ ދެގޮތަކަށް ތައްޔާރު ކުރެވިދާނެއެވެ. ދެވަނަގޮތަކީ މާޅޮސްކެޔޮ ތެލުލުމުގެ ކުރިން ހަކުރުފެނަށް އެޅުމަށްފަހު މާޅޮސްކެޔޮ ތެލުލުމެވެ. މިގޮތަށް ތައްޔާރުކުރަން ހަކުރާއި ފެން އެއްކުރުމަށްފަހު އެފެނުގެއެތެރެއަށް ކޮށާފައިހުރި މާޅޮސްކެޔޮ އަޅާފަ ކުޑައިރުކޮޅަކު ބެހެއްޓުމަށްފަހު ތެލުލާށެވެ. މިއީ ކުޑަކުދިންނަށް ކާންދިނުމަށްވެސް ފަސޭހައިން ތައްޔާރުކުރެވިދާނެ އެއްޗެކެވެ. ނަމަވެސް ކުޑަކުދިންނަށްދޭން ތައްޔާރުކުރާއިރު ހަކުރު އަޅަންވާނީ މަދު މިންވަރަކަށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —