Advertisement
header ad
XeeTimesXeeTimes
ފަޒޫ: ދަރިފުޅަށްޓަކައި ދައްކާ ހިތްވަރަށް ސާބަސް ފަރުދުން

ފަޒޫ: ދަރިފުޅަށްޓަކައި ދައްކާ ހިތްވަރަށް ސާބަސް

ސޯޝަލް މީޑިއާއިން އަހަރެއްހާ ދުވަސްކުރިން ފޮޓޯއެއް ފެނުނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒުނާ އަޙްމަދު ކުޑަކުޑަ ކުއްޖެއް ނަންގަވައިގެން ހުންނެވި ފޮޓޯއެކެވެ. އެފޮޓޯ އަޅުގަނޑަށް ޚާއްސަމިވީ އެފޮޓޯގަ ފެންނަ ކުޑަކުޑަ އައިޝާ އައިލިޝް އިސްމާއީލް އާއި މަންމަ ފާތިމަތު ފަޒުލީނާ(ފަޒޫ) އަމީނިއްޔާގެ 75ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދުވުމުގައި ބައިވެރިވުމަށްފަހު ނަގާފައިވާ ފޮޓޯއަކަށް ވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒުނާ އަޙްމަދު އަދި އައިލިޝް

އަޅުގަނޑުގެ ހިތަށްއެރީ އެހާބަލިކޮށް އުޅޭ ކުޑަކުއްޖަކު ގޮވައިގެން ގޮއްސަ ފަޒޫ އެދުވުން ފުރިހަމަކުރި ގޮތެވެ. އަޅުގަނޑު ދައްކަން މިއުޅެނީ އަމީނިއްޔާ ސުކޫލުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ އަދި އެކަނިވެރި މައެއް ކަމަށްވާ ފަޒޫގެ ހިތްވަރުގަދަ ވާހަކައެވެ. މިރިޕޯޓުގައި ފަޒޫގެ ދަރިފުޅު އުފަންވީއިރުއްސުރެ މިއަދާއި ހަމައަށް ފަޒޫ ކަޑައްތުކުރި މަރުޙަލާތައް މިކިޔައިދެނީ މިފަދަ ހިތްވަރުގަދަ މަންމައިން މިމުޖުތަމަޢުއިން ފެންނަމުންދާތީ އެކަމާ އުފާކޮށް އެހުރިހާ މަންމައިންނަށް ޝުކުރު އަދާކުރަމުންނެވެ.

ފަޒޫ އާއި ފިރިމީހާ އިސްމާޢީލް އެއިރު އުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ދެމަފިރިންނަށް ފުރަތަމަ ލިބެން އުޅޭ ދަރިފުޅަށްޓަކައި ދިޔައީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ފަޒޫގެ ބަޑަށް 5މަހުގައި ފުރަތަމަ ފަހަރަށް ހިތާމަވެރި ޚަބަރު ލިބުނެވެ.

Article - in content
Advertisement

" އެއިރު ކުރި ސްކޭންގައި ބޭބީގެ އަތް ހަރަކާތެއް ނުކުރޭ. 2 ހަފްތާއިން 2 ހަފްތާއިން ސްކޭން ކުރަމުން ދިޔައީ 7 މަހާއި ހަމައަށް. އެއަށްފަހު އިތުރަށް ޔަގީންކުރަން ސުރީލަންކާ އަށް ދިޔައީ. ޑޮކްޓަރުން ބުނީ އަތެއް ނެތް ކަމަށް. ޑޮކްޓަރުން ސުވާލުކުރި ބޭބީ ބޭނުންތޯ؟.. ދިރިހުރި ފުރާނައަކަށް އެއްވެސް ގެއްލުމެއްދޭން ބޭނުންނުވާތީ މާލެއައީ" 2017ވަނަ އަހަރުގެ ހަނދާންތައް އާކުރަމުން ފަޒޫ އަސަރާއިއެކު ކިޔައިދިނެވެ.

ފަޒޫ ވިހެއީ ވިހަން ޑޮކްޓަރުދީފަ އޮތް މުއްދަތުގެ އެއްމަސްދުވަސް ކުރިންނެވެ. ސްކޭންކުރިއިރު ޑޮކްޓަރުން ބުނިގޮތަށް ކުޑަކުޑަ އައިލިޝް މިދުނިޔެއަށް އުފަންވީ އުފެދުމުގައި ވަރަށްބޮޑަށް ތަފާތުކުއްޖެއްގެ ގޮތުގައެވެ. އެއިރު އައިލިޝް 14 ދުވަސް ވަންދެން އައިޖީއެމްއެޗްގެ އެން.އައި.ސީ.ޔޫގައި ބޭއްވިއެވެ. ގެއަށް ދޫކުރިތާ 2 ދުވަސްފަހުން އަނެއްކާވެސް ދާންޖެހުނީ ހޮސްޕިޓަލަށެވެ.

 " ހޮސްޕިޓަލަށް ގެންދިޔައީ ބޭބީ ހަރަކާތް ހުއްޓުނީމަ. އެއިރު އެނގުނީ އަނގައިގަ ލޯވަޅެއް ހުރިކަން" އެފަހަރުވެސް ހޮސްޕިޓަލުގައި 1މަސް ދުވަސް ފަޒޫ ހޭދަކުރަންޖެހުނެވެ.

އެއަށްފަހު އިތުރު ފަރުވާއަށް ފަޒޫގެ ދެމަފިރިން އައިލިޝް ގޮވައިގެން ދިޔައީ ސުރީލަންކާ އަށެވެ. އެކަމަކު އައިލިޝް ކުޑަކަމުން ޓެސްޓްތައް ހެދުންފިޔަވާ އިތުރު ފަރުވާއެއް ނުދެވުނެވެ. އައިލިޝްގެ އުމުރުން 1 މަހުން ފެށިގެން ކިރު ދެމުން އައީވެސް ހޮޅިއެއްގެ އެހީގައެވެ. އަނގައިގަހުރި ލޯވަޅުގެ ސަބަބުން އެނޫންގޮތަކަށް ދެވެންނެތީއެވެ.

"ނޭފަތަށް ލައްވާފަ ހުންނަ ހޮޅިއަށް ކިރު އަޅައިގެން ދޭއިރުވެސް ހޮޑުލާނެ. ހޮޑު ދާނެ ވަރަށް ދުރަށް އެހާވެސް ގިނައިން ލާނީ. އެހެންވެ އައިލިޝްއަށް 6މަސް ވީމަ ދިޔައީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލް އަށް. ބަނޑުގަ ލޯވަޅެއް ކަނޑާފަ ޓިޔުބެއްލެއްވީ. އެޓިއުބް ބޭނުންކޮށްގެން ކާންދެމުން ދިޔައީ. އެއިރު ކޮންމެ 2 ދުވަހަކުން އޭޑީކޭއަށް ދާންޖެހުނު ބޭސް ބަދަލުކުރަން" މިހާރު އައިލިޝްއަށް ޓިއުބު ބޭނުންނުކޮށް ކާންދެވުނަސް އަނގައިގަ އިންނަ ލޯވަޅުގެ ސަބަބުން އެމަޖެންސީ ހާލަތެއް ކުރިމަތިވެއްޖެ ހިދެއްގައި ޓިއުބް ބޭނުންކޮށްގެން ކާންދިނުމަށް ޓިއުބް ބެހެއްޓީކަމަށް ފަޒޫ ބުންޏެވެ.

ފަޒޫގެ ޢާއިލާ ރޫޅި އެކަނިވެރިމަޔަކަށް ވުމުންވެސް ހިތްވަރު ދޫނުކުރެއެވެ. މައިންބަފައިންގެ އެހީތެރިކަމާއިއެކު 2019ވަނަ އަހަރުގެ ޑިސެމްބަރު މަހު އަނެއްކާވެސް އިންޑިއާއަށް ދިޔައެވެ. އެންމެފަހުން 2 ފަހަރު ކުރި އޮޕަރޭޝަންގައިވެސް އައިލިޝްގެ އަނގައިގެ ހުރި ލޯވަޅު ބައްދާލެވޭތޯ ޑޮކްޓަރުން މަސައްކަތްކުރި ކަމުގައިވިއަސް އެކަން ކާމިޔާބު ނުވާކަމަށް ޑޮކްޓަރުންނާ ޙަވާލާދީ ފަޒޫވަނީ ބުނެފައެވެ.

" ކޮންމެ އޮޕަރޭޝަނެއްގައިވެސް 6 ގަޑިއިރުވަރު އޮޕަރޭޝަން ތިއޭޓަރަށް ދަރިފުޅު ވެއްދުމަށްފަހު، އޮޕަރޭޝަން ނުކުރެވުނޭ ބުނީމަ ވަރަށް ދެރަވޭ. ވަރަށް އެހެންކަހަލަ އިޙުސާސެއް އެވަގުތު ކުރެވެނީ. އެންމެފަހުން ދިޔަފަހަރު އައިލިޝްގެ އަނގައިގެ ހުރި ކަށިކޮޅެއް ނަގައިފައިވޭ. 2 ފަހަރު އޮޕަރޭޝަންކުރަން މަސައްކަތްކުރުމުން ވެސް އަނގައިގެ ހުރި ލޯވަޅު ނުބެއްދުނު"

އިސްވެ މިބަޔާންކުރެވުނީ އައިލިޝް އަށްޓަކައި ފަޒޫ ރާއްޖެއިން ބޭރަށް 5 ފަހަރުމަތިން ކުރި ދަތުރުތަކުގެ ވާހަކައެވެ. ރާއްޖޭގައިވެސް ފަޒޫ ދަނީ އައިލިޝްއަށްޓަކައި އެތައް ޤުރުބާނީއެއް ވަމުންނެވެ. މިގޮތުން މިހާރު 3 އަހަރާއި 6 މަހުގެ އައިލިޝްއަށް ހިނގޭތޯ ބެލުމަށް މާލޭގައި ދިރިއުޅޭ ފަޒޫ، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހެއްދުމަށް ދިޔަ ޢަދަދެއްވެސް ނޭނގެއެވެ. ކޮވިޑުގެ ޙާލަތާއި ގުޅިގެން ފިޒިއޮތެރަޕީ ދިނުން ހުއްޓާލުމަށްފަހު އައިލިޝްއަށް މިހާރު ގެންދަނީ ދިވެހި ބޭސް ކުލިނިކެއް ކަމުގައިވާ 'ޤަދީމީފަރުވާ' ކުލިނިކުން ފަރުވާދެމުންނެވެ.

"ތެޔޮ އުގުޅަންފެށިފަހުން 2 މަސްދުވަސްވީއިރު ފިރުކެން ފަށައިފި. އެއިރު އައިލިޝްއަށް 3 އަހަރުވެއްޖެ މި ކުލިނިކަށް ފަރުވާދޭން ގެންދިޔައިރު. މިހާރު އަމިއްލައަށް އިށީދެ އިދެވޭ. އަދި އެހީތެރިކަމާއިއެކު ކޮޅަށްހުރޭ. އަދި މަންމަ ކިޔަން މަސައްކަތްކުރޭ. އެކަމަކު އަޑު ބޭރަށް ނުނުކުމޭ. އަނގައިގެ އޮޕަރޭޝަން ކުރެވުނީމަ ރަނގަޅުވާނެކަމަށް ޑޮކްޓަރުން ބުނަނީ" ދަރިފުޅަށް ވާހަކަދެއްކޭނެ ދުވަހެއްގެ އުއްމީދުގައި ހުރި ފަޒޫ ބުންޏެވެ.

އައިލިޝްގެ އަނގައިގެ ހުރި ލޯވަޅު ރަނގަޅުކުރެވޭތޯ ފަޒޫ ދަނީ އަނެއްކާވެސް އޮޕަރޭޝަން ކުރުމުގެ ތައްޔާރީތައް ވަމުންނެވެ. ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭގައި ކުރުމަށް މަސައްކަތް ކުރަމުންދާ މިއޮޕަރޭޝަން މިފަހަރު ކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް އިންނެވެ. އައިލިޝްގެ އޮޕަރޭޝަން ކާމިޔާބުވޭތޯ، ކިޔުންތެރިންގެ އަރިހުން ފަޒޫ އެދެނީ ހެޔޮ ދުޢާ ކޮށްދިނުމަށެވެ. ޒީޓައިމްސް އިން އެދެނީ އައިލިޝްއަށް ރަނގަޅަށް ވާހަކަދެއްކި ހިނގާ އުޅެވި ފަޒޫކުރާ ފޮނިއުއްމީދުތައް ހާސިލުވާނެ ދުވަހެއް މެދުވެރި ކުރެއްވުމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Aish 19ޖެނުއަރީ2021

Fazoo akee v hiyvarugadha mammaeh Faxoo dharifulhah takaa thivaa gurubaaneege agu Maai Allahge iraadha fulhaa eku fazoo ah dhakavaane 22 1

Heyoedhey rahmaiy theri eh 19ޖެނުއަރީ2021

ShafakAllah❤ !Ya Allah ❤Fazoo n baby ah heyo rahmaiy lahvaashi❤ 9

Xee 16ޖެނުއަރީ2021

امين يارب العالمين 8

ޣޯސް 16ޖެނުއަރީ2021

ﷲގެ ހެޔޮ ރަހުމަތްފުޅުން އަވަސް ޝިފާއަކަށް އެދެން. 17

Zamu 16ޖެނުއަރީ2021

insha’Allah everything will be fine..aameen really proud of u faxoo 12

HH 16ޖެނުއަރީ2021

އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާދޭ 19 1

Amu 16ޖެނުއަރީ2021

Aameen 14

ފަޒޫ އާންޓީގެ ސާރާ 16ޖެނުއަރީ2021

ފަޒޫ އާންޓީގެ ހިތްވަރަށް ފަހުރުވެރިވަން. މާތް الله އާންޓީއަށް ހެޔޮ ޖަޒާ ދެއްވާ އައިލިޝް އަށް އަވަސް ޝިފާ ދެއްވާށި. އާމީން ❤️ 49 1

Anonymous 16ޖެނުއަރީ2021

Aameen 16

Ss 15ޖެނުއަރީ2021

Aameen 21

Haam 15ޖެނުއަރީ2021

Fazu akee varah hiy varu gadha kujjeh. Dharifulhahtakai Fazu thiya vaa qurubaanee ge agu allahuge rahumathun fazu ah dhevvaashi. Adhi ailish ah avas shifaa eh dhevvaashi. 113 3

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —