November 21, 2024 11:36
Advertisement

-Advertisement-

ބޮލީވުޑް ރެސްޓޯރެންޓުގެ ތަފާތު ރަހަތައް ހިމެނޭ މީރު "ތާލީ ލަންޗް"

ދިވެހިންގެ މެދުގައި "ތާލީ" އަކީ ވަރަށް މަގުބޫލު ކެއުމަކަށް މިވަނީ ވެފައެވެ. ތާލީއަކީ ތަފާތު ބާވަތުގެ ކެއުންތައް އެކުލެވޭގޮތަށް ތައްޔާރުކޮށްފައި ހުންނަ އިންޑިއާގެ ކެއުމެކެވެ. އަވައްޓެރި އިންޑިއާގެ ބަޓަރޗިކަން، ތަންދޫރީ ޗިކަން އަދި ބިރިޔާނީ ފަދަ ކެއުންތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ކެއުންތަކެވެ.

ބޮލީވުޑް ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭ ކެއުންތަކުގެ ތެރެއިން މި ފަހަކަށް އައިސް ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ލިބިގެންގޮސްފައިވަނީ "ތާލީ" މެނޫއަށެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މެނޫގައި އެކި ވައްތަރުތަކުގެ ކެއުންތައް ހިމެނޭއިރު، މެއިން ޑިޝްގެ ގޮތުގައި ޗިކަން، ބީފް، އަދި މަޓަން ހިޔާރު ކުރެވެއެވެ. މެއިން ޑިޝް ނެގުމަށްފަހު، ބަތް، ރޮށި، ފަރާޓާ، ނާން ނުވަތަ ގީ ރައިސްވެސް ނެގިދާނެއެވެ. އެއަށްފަހު ސައިޑް ޑިޝްގެ ގޮތުގައި އެކި ބާވަތްތަކުގެ ރިހަ، ފްރައިޑް ވެޖްޓަބަލްސް، ނުވަތަ އެނޫންވެސް ބާވަތުގެ މީލްސްއެއް ހިޔާރު ކުރެވިދާނެއެވެ.

އެހެން ރެސްޓޯރެންޓްތަކާ ހިލާފަށް ބޮލީވުޑް ރެސްޓޯރެންޓުގެ "ތާލީ"ގެ ހާއްސަކަމަކީ ތަފާތު ރަހަތައް ގިނައިން ހިމެނިފައިވުމެވެ. މީގައި ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް އެގޮތްވެސް ހިޔާރުކުރެވެއެވެ. ބޮލީވުޑް ރެސްޓޯރެންޓުގެ އިންޑިއާގެ ކައްކާ "ތާލީ" ދޫކޮށްލާފައިވަނީ، ކަސްޓަމަރުންގެ ޝައުގުވެރިކަން ހުންނަ ގޮތަށެވެ. އަދި އަގުތައްވެސް ކަނޑައަޅާފައި ވަނީ، ކަސްޓަމަރުންގެ ޖީބަށް ބުރައަކަށް ނުވާގޮތަށެވެ.

Advertisement

ކައިނިމިގެން އަތުން ކުލަ ނުވަތަ ވަސް ނުފިލާފާނެތީވެ ބައެއް މީހުން މިފަދަ ކެއުންތައް ކާން ކިތަންމެ ބޭނުންވިނަމަވެސް ޖެހިލުންވާ ފަހަރުވެސް އާދެއެވެ. މިއީ މިހާރު މައްސަލައެއް ނޫނެވެ. ބޮލީވުޑް ރެސްޓޯރެންޓުން ވަނީ މިކަމަށްވެސް ހައްލެއް ހޯދައިދީފައެވެ. ކައިނިމިގެން އަތްދޮވުމަށްފަހު އަތް ފުހެލަން ވެއިޓަރު އެ ދިއްކޮށްލާ ރީނދޫކުލައިގެ، ތުވާލިކޮޅު އަތުގައި ހާކާލުމުން ކޭ އެއްޗެހީގެ ވަހާއި ކުލަ އަތުން ދާނެއެވެ.

ބޮލީވުޑް ރެސްޓޯރެންޓަށް ނުގޮސް އޮންލައިނުކޮށްވެސް "ތާލީ" މެނޫގެ އައިޓަމްތައް މާލެ އަދި ހުޅުމާލެއަށް އަވަސްފުޑް މެދުވެރިކޮށްވެސް ޑެލިވަރީ ކޮށްލެވޭނެއެވެ.

މާލޭގައި ހުންނަ ރެސްޓޯރެންޓްތަކުގެ ތެރެއިން އިންޑިއާގެ ކެއުންތައް ސީދާ އޮރިޖިނަލް އިންޑިއާގެ ރަހަތަކާއެކު ލިބެންހުރި ހިތްގައިމު ރެސްޓޯރެންޓުގެ ގޮތުގައި ގިނަބަޔަކު އެއްބަސްވާ ތަނަކީ މާލޭގެ މާވޭމަގުގައި ހުންނަ ބޮލީވުޑް ރެސްޓޯރެންޓެވެ. ގިނަ ޒުވާނުންވެސް އިންޑިއާގެ ކެއުމެއް ބޭނުންނަމަ ހިޔާރުކުރަނީ ބޮލީވުޑް ރެސްޓޯރެންޓުގެ މެނޫކަން އެތަނަށްގޮސް ބަލާލުމުން އެނގެއެވެ.

އަވައްޓެރި އިންޑިއާގެ ރައްޔިތުންގެ އިތުރުން ދިވެހިންގެ މެދުގައި އިންޑިއާގެ ކެއުންތަކަށް ބޮލީވުޑް ރެސްޓޯރެންޓް ހާއްސަވާ ސަބަބުތަކުގެތެރޭގައި ތަނުގެ އިންޓީރިއާގެ ހިތްގައިމުކަންވެސް ހިމެނެއެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް