November 17, 2024 21:25
Advertisement

-Advertisement-

ރައްޔިތުންގެ އެންމެ ބޮޑު އިންތިޒާރަށް ނިމުމެއް ނުގެނެވުނަސް މުހިންމު ނިންމުންތަކެއް ނިންމި އަހަރެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ މިއަދަށް 1 އަހަރު ފުރުނީއެވެ. ރައްޔިތުންނާއި ގުޅުންހުރި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ އެތައް ނިންމެވުންތަކެއް ނިންމެވިއެވެ. މިއިން ބައެއް ނިންމެވުންތަކާއެކު ސަރުކާރަށް އިންތިހާއަށް ބައެއްގެ ފަރާތުން ފާޑުކިޔުން އަމާޒުވިއަސް ފަސްޖެހިވަޑައިނުގެން ރައީސް ގެންދެވީ ކުރިއަށެވެ.

ނިމިދިޔަ 1 އަހަރު ނިންމެވި މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުންކުރުން މަނާކޮށް ސިގިރެޓްގެ ޑިއުޓީ ބޮޑުކުރުން
  • ޤާނޫނާއި ޚިލާފަށް އުޅުނު 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށް ބިދޭސީންގެ މައްސަލައަށް ހައްލުގެނައުމުގެ މަސައްކަތް
  • ފަތުރުވެރިކަމުން ލިބޭ ޑޮލަރު މުޅި ރާއްޖެއަށް މަންފާކުރާނެ ގޮތަކަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް
  • އެންމެ ގިނައިން ބޭނުންކުރާ ބޭހުގެ އަގު ކޮންޓްރޯލްކޮށް ޔޫރަޕްގެ ކޮލިޓީ ބޭސް ލިބޭނެގޮތް ހަމަޖެއްސުން
  • ބޮޑެތި ޚިޔާނާތްތައް ހިމެނޭ އާސަންދަ ހަމަމަގަށް އެޅުވުމުގެ މަސައްކަތް
  • އައިވީއެފްގެ ފަރުވާއަށް އާސަންދަ ދިނުމަށް ނިންމުން
  • ރަސްމީ ހައްޖު ކޯޓާއަށް ހައްޖަށް މީހުން ގެންދިއުން ހައްޖު ކޯޕަރޭޝަނަށް
  • ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުން
  • ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުކުރުން
  • ބޭރުގައި ކިޔަވާ ދަރިވަރުންނަށް 1200 އެމެރިކާ ޑޮލަރަށް ކާޑުގެ ލިމިޓް އިތުރުކުރުން
  • ދިރާސީ އައުއަހަރު ފަށާ ދުވަސް އަހަރުގެ ކުރީކޮޅަށް 2026 ވަނަ އަހަރުން ފެށިގެން ބަދަލުކުރާ ގޮތަށް ނިންމުން
  • ނުރައްކާތެރި ކުށްވެރިން ހުއްޓުވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން
  • އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް
  • ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ދަނީ މަސައްކަތްކުރަމުން
  • ވިނަރެސް ފުލެޓްތަކުގެ ޑައުންޕޭމަންޓް ކުޑަކޮށް އާންމުކޮށް މަހުންމަހަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުން
  • ހިޔާ ފުލެޓުތަކުގެ އަގުން 2 ލައްކަ ރުފިޔާއަށްވާ މިންވަރު އުނިކޮށްދިނުން
  • ހިޔާވަހި ފައިނޭންސް ސްކީމް ތަޢާރަފްކޮށް އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް 3 މިލިއަން ރުފިޔާއާއި ހަމައަށް އިސްލާމީ އުސޫލުން ލޯނު ދޯކުރުމަށް ނިންމާފައިވޭ
  • ދައުލަތުގެ ޚަރަދުގައި ނިކަމެތިންނަށް ހައްޖުވުމުގެ ފުރުސަތު މަގުފަހިކޮށްދިނުން
  • އަވަށްޓެރި ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް ކުރިއަށްދިއުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ގިނަ ނިންމެވުންތަކަކީ ގޮންޖެހުން ބޮޑު ކުރަން ފަސޭހަ ނިންމެވުންތަކެއް ނޫނެވެ. އެކަމަކު ދާއިމަށް މިކަންތައްތައް ތަންފީޒު ކުރެވިއްޖެނަމަ ރައްޔިތުންނަށް މަންފާކުރާނެ ނިންމުންތަކެކެވެ.

Advertisement

ސަރުކާރުގެ ފުރަތަމަ 1 އަހަރު ރައްޔިތުންނަށް ފައިދާކުރާ އެތައް ނިންމުންތަކެއް ނިންމެވިއިރު ރައްޔިތުންގެ އެންމެ ބޮޑު އުންމީދާއި ގުޅިފައިވާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ނުކުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. މަސައްކަތުގެ ބޮޑުބައި ނިމިފައިވާ މި ފުލެޓްތަކުގެ ލިސްޓް ނިމިދިޔަ ހަފްތާގައި އާންމުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު އަނެއްކާވެސް ވަކިމުއްދަތެއް ނެތް ގޮތަށް ފުލެޓު ލިސްޓް އާންމުކުރުން ވަނީ ފަސްކޮށްފައެވެ. މީގެ ކުރިން ތަކުރާރުކޮށް މުއްދަތު ދިނުމަށްފަހު މި ލިސްޓް ނުނެރެވުން މިއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. 20،697 މީހުން ކުރިމަތިލާފައިވާއިރު ކަށަވަރުކުރަންޖެހޭ އިތުރު ކަންތައްތައް ހުރުމުން ވަގުތު ބޭނުންވާކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

+1
0
+1
0
+1
1
+1
1
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް