Advertisement
header ad
XeeTimesXeeTimes
ވީޑިއޯ: ފުވައްމުަލައް ސިޓީގެ ކެޑޭރެ މިސްކިތް ތާރީޚް

ވީޑިއޯ: ފުވައްމުަލައް ސިޓީގެ ކެޑޭރެ މިސްކިތް

ކެޑޭރެ މިސްކިތަކީ ފުވައްމުލައްސިޓީގެ ވަރަށް އާސާރީ މިސްކިތެކެވެ. މިމިސްކިތަކީ 1550މ. ވަނަ އަހަރު ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވުމަށްފަހު 1555މ. ވަނަ އަހަރު އާބާދުވިއިރު ބިނާކުރެވުނު މިސްކިތެއް ކަމުގައި ބުނެއުޅެއެވެ. ފުވައްމުލައް އަލުން އާބާދުކުރެއްވުމަށް ލ.އަތޮޅުން ވަޑައިގަތް ބޭފުޅުންގެތެރޭޭގައި ހިމެނޭ ޢަލީ އަޑަފިކަލޭގެފާނު ބިނާކުރެއްވި މިމިސްކިތަކީ އާނުކަނޑައިގެން ނުވަތަ ވެލިގަލުން ބިނާކޮށްފައިވާ މިސްކިތެކެވެ. މިމިސްކިތުުގެ ކައިރީގައި ހުރި ވެވުގެ އެތެރެއަށް ފަސްއެޅުމަށްފަހު ވަނީ އެތެރޭގައި ފެންވަޅެއް ބަހައްޓާފައެވެ. ކެޑޭރެ މިސްކިތުގެ ޤަބުރުސްތާނުގައި 40 ޙާފިޒުން ފަސްދާނުލެވިފައިވާކަމަށް ބުނެވެއެވެ. އަދި މީގެއިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ވާރުވެރިޔާ ކަމުގައި ބުނެވޭ ފުވައްމުލަކު ގަލްއަޑިގެދަރި ދޮންސިއްތީބޫ ފަސްދާނު ލެވިފައިވަނީވެސް މިމިސްކިތު ޤަބުރުސްތާނުގައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —