Advertisement
header ad
XeeTimesXeeTimes
ހިޔާ ޓަވަރުގެ 13 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓި ނިޔާވެއްޖެ!

ހިޔާ ޓަވަރުގެ 13 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓި ނިޔާވެއްޖެ!

ހުޅުމާލޭގައި ހުންނަ ހިޔާ ޓަވަރުގެ 13 ވަނަ ފަންގިފިލާއިން ކުއްޖަކު ބިންމައްޗަށް ވެއްޓި ނިޔާވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުން މައުލޫމާތު ދެއްވިގޮތުގައި ހިޔާ ޓަވަރު 5 އިން ކުއްޖަކު ވެއްޓިފައިވާކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބުނީ ރޭގެ 1:26 ހާއިރުގައެވެ. ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

މި ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށާއި މިމައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ކުއްޖާ ވެއްޓި ބިންމަތީގައި ޖެހުނުއިރު ވަރަށް ބާރު އަޑެއް ވަނީ އިވިފައެވެ. އަދި އެސަރަހައްދަށް އެވަގުތު މީހުން އެއްވެފައިވާއިރު ބިންމަތިން އެހާ ގިނަ އަދަދަކަށް ލޭގެ އަސަރު ފެންނަން ނެތެވެ. ނިޔާވެފައިވަނީ ތ.ތިމަރަފުށީ ކުއްޖެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —