Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ހުކުރު ދުވަހު މެންދުރަށް ތަންދޫރީ ސްޕެގެޓީ ތައްޔާރުކޮށްލަމާ! ބަދިގެ

ޒީޓައިމްސް ބަދިގެ: ހުކުރު ދުވަހު މެންދުރަށް ތަންދޫރީ ސްޕެގެޓީ ތައްޔާރުކޮށްލަމާ!

ބޭނުންވާތަކެތި:

5 ޖޯޑު ކައްކާފަހުރި ސްޕެގެޓީ

1 ފިޔާ (ހިމުންކޮށްކޮށާފައި)

Article - in content
Advertisement

1 ޖޯޑު ތަންދޫރީ ގްރެވީ

1 ސައިސަމުސާ ގިތެޔޮމިރުސް (ހިމުންކޮށް ކޮށާފައި)

2 ޓޮމާޓޯ (ހިމުންކޮށް ކޮށާފައި)

2 ހިކަނދިފަތް

1 ޖޯޑު ކުދިކުދިކޮށް ކޮށާފައިހުރި ތަންދޫރީ ކުކުޅު

1 ސައިސަމުސާ ހަނާކޮށް މުގުރާފައި ހުރި ލޮނުމެދު

½ ސައިސަމުސާ އިނގުރު ޗިސްކޮށްފައިހުރި

1/3 ސައިސަމުސާ މުގުރި އަސޭމިރުސް

1 ޗިކަން ކިއުބް

ލޮނުކޮޅެއް

ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް:

ތަވާ އުދުންމައްޗަށް އުދާލާށެވެ. ކުޑަތެޔޮފޮދެއް އަޅާށެވެ. ތެޔޮފޮދު ހޫނުވީމާ ފިޔާ، ހިކަނދިފަތް، މިރުސް، ޓޮމާޓޯ އެއްކޮށް އަޅާލާށެވެ. މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުންދާށެވެ. ފިޔާކޮޅު މޯޅިވީމަ ސްޕެގެޓީ ފިޔަވައި ބާކީހުރި ބާވަތްތައް އެއްކޮށް އަޅާލާށެވެ. ސޯސްގަނޑު ރަހަ ނިކުންނަވަރަށް ކެކުމުން ސްޕެގެޓީ އެއްކޮށްލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —