Advertisement
header ad
XeeTimesXeeTimes
ދަތުރު ކުރާއިރު ސަމާލުވަމާ! ކުރިއަށް އޮތް 5 ދުވަހަށް މޫސުން ވަރަށް ގޯސް!

ދަތުރު ކުރާއިރު ސަމާލުވަމާ! ކުރިއަށް އޮތް 5 ދުވަހަށް މޫސުން ވަރަށް ގޯސް!

މިއީ ސްކޫލު އަދި ގިނަ އޮފީސްތައް ބަންދު ދުވަސްވަރަކަށްވާތީ ގިނަ އަދަދެއްގެ މީހުން ޗުއްޓީ އަށް އެކި ތަންތަނަށް ދަނީ ދަތުރު ކުރަމުންނެވެ. މި ގޮތަށް ދަތުރުކުރާ މީހުން ސަމާލުވާން އެބަޖެހެއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރި ގޮތުގައި ސްރީލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މިކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފުގެ ސަބަބުން އާއަހަރު ބަންދުތެރޭގައި (2025 ޖަނަވަރީ 1 އިން 05 އަށް) ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވެއެވެ.

" ވައި ޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް. އުތުރާއި އިރުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ. އެހެންކަމުން ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭ".

ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މެޓް އޮފީހުން ނެރެމުންދާ އެންމެފަހުގެ މޫސުމީ ލަފާކުރުންތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —