Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ގަބުޅި ބިސްގަނޑު ބަދިގެ

ޒީޓައިމްސް ބަދިގެ: ގަބުޅި ބިސްގަނޑު

ބޭނުންވާތަކެތި:

4 ގަބުޅީގެ ހުނި

2 ޖޯޑު ހަކުރު

Article - in content
Advertisement

ރަހަލާވަރަށް ހުވަނދުމާފެން

10 އިންޗި ރާނބާފަތް

½ ޖޯޑު ފުށް

4 ބިސް

ތައްޔާރުކުރާނެ ގޮތް:

ހަކުރު އަދި ގަބުޅިހުނި، ރާނބާފަތާއި ހުވަނދުމާފެން އެއްކުރުމަށްފަހު މަޑުގިނީގައި ކައްކާށެވެ. ކެކުނީމަ ހުނީގެ ކުލައަށް ބަދަލު އަންނާނެއެވެ. އަދި ތަފާތު މީރުވަހެއް ދުވާނެއެވެ. ކައްކާ ނިމުނު ގަބުޅިހުނިގަނޑުގެ އެތެރެއަށް ފުށް އަދި ބިސް ރަނގަޅަށް އެއްކުރުމަށްފަހު ފޮނިރަހަ ރަނގަޅުތޯ ބަލާލާށެވެ. ރަނގަޅަށް ފޮނިވެއްޖެނަމަ ތަފާތު ވިދުމެއް ހުންނާނެއެވެ. ބޭނުންވާވަރަށް ފޮނިރަހަ ބެހެއްޓުމަށް ހަކުރު އިތުރަށް އަޅައިލެވިދާނެއެވެ.

ތަވާ އުނދުންމައްޗަށް އުދުމަށްފަހު ހޫނުވުމުން ކުޑަތެޔޮފޮދެއް ހޭކުމަށްފަހު ވަށްކޮށް ތުނިކޮށް ގަބުޅި ބިސްގަނޑު ފިހެލާށެވެ. މިއީ ކުރީޒަމާނުން ފެށިގެން ދިވެހިން ތައްޔާރުކުރަމުން އަންނަ ވަރަށް މީރު އެއްޗެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —