Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ވަރަށްމީރުކޮށް އަލުވި ތައްޔާރުކުރެވިދާނެ ގޮތެއް ބަދިގެ

ޒީޓައިމްސް ބަދިގެ: ވަރަށްމީރުކޮށް އަލުވި ތައްޔާރުކުރެވިދާނެ ގޮތެއް

ބޭނުންވާތަކެތި:

5 އަލުވި

2 ފިޔާ

Article - in content
Advertisement

2 ހިކަނދިފަތް

2 ލޮނުމެދު

1 ޓޮމާޓޯ

4 ރާނބާފަތްކޮޅު (2 އިންޗިއަށް ބުރިކޮށްފައި)

2 މޭޒުމަތީ ސަމުސާ ޓޮމާޓޯޕޭސްޓް

½ ގިތެޔޮ މިރުސް

1 މޭޒުމަތީ ސަމުސާ ތެޅިމިރުސް

2 ހިކިމިރުސް

ރަހަލާވަރަށް ލޮނު

ހިކިމަސް

ކުކިންގ އޮއިލް

ތައްޔާރުކުރާނެ ގޮތް:

ފިޔާ، ލޮނުމެދު ހިކިމަސް ތުނިކޮށް ކޮށާލާށެވެ. އަދި ޓޮމާޓޯވެސް ހިމަދިގުކޮށް ކޮށާށެވެ. ތުނިކޮށް ކޮށާނީ 1 ފިޔާއެވެ. އަދި 1 ފިޔާ ހަތަރުފަޅިއަށް ވާގޮތަށް ކޮށާލާށެވެ.

ތަވާ އުނދުންމައްޗަށް އުދާފަ ތެޔޮ އަޅާށެވެ. އެއަށްފަހު އަލުވީގެ ކުލަ ބަދަލުވަންދެން ތެލުލާށެވެ. ރަނގަޅަށް ތެލުލެވުމުން އަލުވި ނެގުމަށްފަހު ތެޔޮހިކެންދެން ވަކިން ތައްޓެއްގައި ބަހައްޓާށެވެ.

ތަވާއަށް ކުޑަތެޔޮފޮދެއް އެޅުމަށްފަހު ހޫނުވުމުން ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް، ގިތެޔޮމިރުސް، ހިކިމިރުސް އަޅާފަ ހަނާކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ އަދި ހިކިމަސް، ޓޮމާޓޯޕޭސްޓް އާއި ތެޅިމިރުސް އަޅާފަ އިރުކޮޅަކު ކައްކާށެވެ. ލޮނު އެޅުމަށްފަހު ތެލުލިއަލުވިކޮޅުވެސް އަޅާފަ 5 ވަރަކަށް މިނިޓް މަޑުގިނީގައި މަތިޖަހައިގެން ކައްކާލާށެވެ.

މިގޮތަށް އަލުވި ތައްޔާރުކޮށްގެން ރޮށި ނުވަތަ ފަރާޓާއާއެކު ކާލެވިދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —