Advertisement
header ad
XeeTimesXeeTimes
ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ވިއްސާރައިގައި ފޯރުކޮށްދިނުމުގެ ތައްޔާރީތައް ސްޓެލްކޯއިން ވެއްޖެ! ފޮޓޯ

ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ވިއްސާރައިގައި ފޯރުކޮށްދިނުމުގެ ތައްޔާރީތައް ސްޓެލްކޯއިން ވެއްޖެ!

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭތީ ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާއްސަ ޓާސްކް ފޯސްއެއް ސްޓެލްކޯގެ މެނޭޖްމަންޓްއިން ވަނީ އެކުލަވާލާފައެވެ. މި ހާލަތުގައި އެންމެ އިސްކަމެއް ދެނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ. އަދި ހަމަ މިއާއިއެކު އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —