Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ރޯވި އަލިފާން ނިއްވާލެވުނުއިރު ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައި ފޮޓޯ

ފޮޓޯ: ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ރޯވި އަލިފާން ނިއްވާލެވުނުއިރު ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައި

ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ރޯވި އަލިފާން އެމްއެންޑީއެފްއިން ވަނީ ނިއްވާލައިފައެވެ. މާލެ ސިޓީގައި ހުރި މިގުދަނުގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ ރޭ ފަތިހު 4:20 ހާއިރު ކަމަށާއި ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ކޮންޓްރޯލް ކުރެވުނީ ފަތިހު 05:27 ގައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އަދި އަލިފާންގަނޑު ހެނދުނު 6 ޖެހިހާއިރު ވަނީ އެއްކޮށް ނިއްވާލައިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. އަލިފާން ރޯވި ގުދަން ވަނީ މުދަލާއެކު ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —